ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާދޫގައި ގެދޮރުވެރިކަމުގެ މަޝްރޫޢެއް ކުރިޔަށް ގެންދަވަން ނިންމަވައިިފި

Img 4323

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫގައި ގެދޮރުވެރިކަމުގެ މަޝްރޫޢެއް ތަންފީޒުކުރައްވާނެކަމަށް އިޢުލާނުކުރައްވައިފިއެވެ. މި އިޢުލާނު ކުރެއްވީ، އެ ސަރަޙައްދުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރަސްމާދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް އެންމެ އިސްކަމެއް ދެއްވާފައިވަނީ، ގެދޮރުގެ ދަތިކަމާއި ތޮއްޖެހުމަކީ އިޖުތިމާޢީ މައްސަލަތަކުގެ މައިގަނޑު ސަބަބު ކަމަށް ވާތީއެވެ. މި ގޮތުން، ރަސްމާދޫގައިވެސް މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ހައުސިންގ ޔުނިޓުތަކުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެކަމަށް އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ.

މީގެ އިތުރުން، ރަސްމާދޫގައި ހުއްޓިފައިވާ މުހިންމު މަޝްރޫޢުތައް އަލުން ފެށުމަށް ރޭވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި:

1. ފެނުގެ ނިޒާމުގެ މަސައްކަތް އަލުން ފަށައި ނިންމުން
2. ސްކޫލުގެ ނުނިމިހުރި މަސައްކަތްތައް ފުރިހަމަކުރުން
3. ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުން
4. ލެބޯޓްރީއެއް ހިމެނޭ ގޮތަށް ރަށު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުން

އަދި ރަސްމާދޫގައި ފުލުހުންގެ ޚިދުމަތް ވީހާވެސް އަވަހަކަށް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށާއި، ރަސްމާދޫ އެންޓަނާ ބަދަލުކުރުމާ ގުޅޭ މައްސަލަ ޙައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ރަސްމާދޫގައި އޭ.ޓީ.އެމް ބެހެއްޓުމާ ގުޅޭ އެއްބަސްވުމެއްގައި ބޭންކް އޮފް މޯލްޑިވްސްއާއި ރަށު ކައުންސިލާ ދެމެދު ސޮއިކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް