ކުއްލި ޚަބަރު

އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި ޕާކަކާއި ޕާކިން ޒޯނެއް ތަރައްގީކުރަނީ

ޒާތީ މައުލޫމާތު ހާމަކުރުމުގެ މަގްސަދެއް ނެތް، ޒަކާތު ފަންޑަށް އޮތް އިތުބާރު ގެއްލޭތީ ހަގީގަތް ހާމަކުރީ: ޝަހީމް

ގެމަނަފުށީ މިސްކިތުގެ މަސައްކަތް ނިންމަން އާރްޑީސީން ތައްޔާރުވެއްޖެ

ޙަޤީޤީ ތަރައްޤީ ޙާޞިލުކުރެވޭނީ ޢުމްރާނީ ތަރައްޤީއާއެކު، ޤައުމުގެ ޒުވާން ޖީލަށް ފުރިހަމަ ތަޢުލީމާއި ތަރުބިއްޔަތު ދީގެން: ރައީސް

Dsc 4589 (1)

ރާއްޖޭގެ ޙަޤީޤީ ތަރައްޤީ ޙާޞިލުކުރެވޭނީ ޢުމްރާނީ ތަރައްޤީއާއެކު، ޤައުމުގެ ޒުވާން ޖީލަށް ފުރިހަމަ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ގޮތުން، ވަށާޖެހޭ ތަރައްޤީއަށް އެންމެ މުހިންމު އެއް ކަމަކީ ސްކޫލުތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުން ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ވާހަކަފުޅު ދެއްކެވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރ. ހުޅުދުއްފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ފެންވަރު ރަނގަޅު، ހިތްހަމަޖެހޭ މާޙައުލެއްގައި ކިޔަވައިދެވޭނެ ގޮތް މަގުފަހިކޮށްދިނުމަކީ އެންމެ ރަނގަޅު ނަތީޖާއާއި ޙަޤީޤީ އުފާވެރިކަން ލިއްބައިދޭނެ ކަމެއް ކަމުގައެވެ. އެހެންކަމުން، 2025 އަދި 2026 ވަނަ އަހަރު ސްކޫލުތަކާއި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި އެހެނިހެން ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި އެ މަނިކުފާނު ޔަޤީންކަން ދެއްވިއެވެ.

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމުގެ މަޝްރޫޢު ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވައި، މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ހުރިހާ ކުލާސްރޫމަކީ އިޔާދަކުރަނިވި ހަކަތައިން ފިނިކުރެވޭ ކުލާސްރޫމްތަކަކަށް ހެދުމުގެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރ. ހުޅުދުއްފާރުގެ ސްކޫލަށް ދިމާވެފައިވާ ޖާގައޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށާއި، މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން، ސްކޫލަށް ބޭނުންވާ ތަރައްޤީގެ އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދަރިވަރުންނަށް ލުއިފަސޭހަވާނެ ގޮތަށް ދަނާލުގެ މަސައްކަތްތައްވެސް މި ދެ އަހަރު ދުވަހުގެ ތެރޭގައި ހިންި ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހުށައެޅުން އާދިައްތަ އަށް ހަމަވާނެ

މައްޗަންގޮޅީ ރައްޔިތުންނާ ރައީސް މާދަމާރޭ ބައްދަލުކުރެއްވަނީ

އިސްލާމީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ލިބިގެންދިޔަ ކާމިޔާބު ދެ އަހަރު

ވިލިމާލޭގައި އަޅާ 300 ހައުސިންގ ޔުނިޓު ވިލިމާލޭ ރައްޔިތުންނަށް ޚާއްސަކުރާނަން: ރައީސް

TTH_advertisement