ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމަކީ ފަރުދީ އަދި ޤައުމީ ޒިންމާއެއް: ރައީސް

Img 3986

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް މަތިކޮށްގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ރަސްމީ ދަތުރުފުޅުގައި އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު މިފަދައިން ވިދާޅުވިއެވެ. ސަރުކާރުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމަށް އަޅުއްވާ ފިޔަވަޅުތަކަކީ ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމަށް އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ބައެއް ފަރާތްތަކުން ދެކޭ ނަމަވެސް، އެއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ރައްޔިތަކީވެސް ދުންފަތުގެ ބާވަތްތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވެފައިވާ ބަޔަކަށް ހެދުން ކަމަށެވެ. އެހެންކަމުން، ސަރުކާރުން މިކަމުގައި އަޅުއްވާ ފިޔަވަޅުތަކަކީ ދުންފަތުން ދުރުހެލިވުމަށް ހިތްވަރުދިނުމުގެ ހެޔޮ ނިޔަތުގައި އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ވޭޕް މަނާކުރެއްވި ފަދައިން އެއްފަހަރާ ދުންފަތުގެ އިސްތިޢުމާލު މަނާކުރުމަކީ ޢަމަލީގޮތުން ކުރެވިދާނެ ކަމެއް ކަމަކަށް ނުފެންނަ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ވޭޕަކީ ވަރަށް ފަހުން ތަޢާރަފުވި އެއްޗެއް ކަމަށާއި، ދުންފަތުގެ އިސްތިޢުމާލާ ޚިލާފަށް ދިވެހިންގެ މެދުގައި އެހާ ބޮޑަށް އަށަގަނެފައިވާ އާދައެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުގެ ސަބަބުން ރައްޔިތުންނަށް އެކި ބާވަތުގެ ބަލިތައް ޖެހި، އެ ބަލިތަކުގައި ފުރާނަ ދޫކޮށްލާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި ދުންފަތުގެ ބާވަތްތަކުގެ އަގު މަތިކުރެއްވީ އެ އާދަތަކުން ރައްޔިތުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ވޭޕާއެކު ދުންފަތް މަނާ ނުކުރެވުނު ސަބަބު ތަފްޞީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ:-

ވޭޕަކީ ވަރަށް ފަހުން ތަޢާރަފުވި އެއްޗެއް. އެއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެހާ ބޮޑަށް އަށަގަނެފައިވާ ކަމެއް ނޫން، ދުންފަތުގެ އިސްތިޢުމާލު ފަދައަކުން. އެހެންކަމުން، މި ދެ ކަންތައް އެއްފަހަރާ މަނާކުރުމަކީ ޢަމަލީގޮތުން ކުރެވިދާނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ަތަކުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޤަބޫލުކުރެވޭތީ، އެގޮތަށް ފިޔަވަޅު އެޅީ،

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމަށް އަޅުއްވާ ފިޔަވަޅުތަކަކީ ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް އަމާޒުކޮށްގެން އަޅުއްވާ ފިޔަވަޅުތަކެކެވެ. މީގެ އިތުރުން، ދުންފަތުގެ ސަބަބުން ޞިއްޙީ ދާއިރާއަށް ކުރިމަތިވާ ބުރަ ލުއިކުރުމަކީވެސް މި ފިޔަވަޅުތަކުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު މަދުކުރުމަށް އަޅުއްވާ ފިޔަވަޅުތަކަކީ ދިގު މުއްދަތަކަށް ރޭވިގެން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށާއި، މި މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުމާއި ސަރުކާރުގެ މުއައްސަސާތަކުގެ ވިލަރެސްކުރެވިފައިވާ މަސައްކަތް މުހިންމު ކަމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާ ފެންނާނީ ދިގު މުއްދަތެއްގެ ތެރޭގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމަކީ ފަރުދީ ޒިންމާއެއްގެ އިތުރުން ޤައުމީ ޒިންމާއެއް ކަމަށާއި، މި މަސައްކަތުގައި ކޮންމެ ރައްޔިތެއްގެވެސް ދައުރެއް އޮތް ކަމަށެވެ. އަދި ޞިއްޙަތަށް ފައިދާހުރި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި މި މަސައްކަތުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް