ކުއްލި ޚަބަރު

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

ރައީސްގެ ދަތުރުފުޅު ތަކުގައި ވަޒީރުން ބައިވެރި ކުރައްވަނީ މަސައްކަތްތައް އަވަހަށް ހިންގުމަށް

Dsc 2379

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅުތަކުގައި ވަޒީރުން ބައިވެރިކުރައްވަނީ ރަށްރަށުގެ މަޝްރޫޢުތައް އަވަހަށް ހިންގުމަށް ކަމަށެވެ. މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އަނގޮޅިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށްރަށުގެ ކައުންސިލާއި އެހެނިހެން މުއައްސަސާތަކާއި ވަޒީރުންނާއި ބައްދަލުވެ، ވާހަކަ ދެކެވިގެން، މައްސަލަތައް ހައްލުކުރެވި، އަވަހަށް ކުރިއަށް ދެވޭނެގޮތާއި ނަތީޖާއާ ހަމައަށް ދެވޭނެގޮތް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާގޮތް ކަމަށެވެ. އަދި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް، ސިޓީބިޓީ ބަދަލުކުރުމާއި ބިއުރޯކްރަސީގެ ތެރެއިން ކަންކަން ތާށިވާކަމަށާއި، މިއީ ސަރުކާރުތަކުގައި ދިވެހިރާއްޖެ ނޫނަސް އެކަން ހިނގާ އާންމު އުސޫލުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަނގޮޅިތީމުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެ މަސައްކަތް ހަވާލުކުރި ކުންފުނިން ހަމަ އެ އަތޮޅުގެ އެހެން ރަށްރަށުގައިވެސް ނަރުދަމާގެ މަސައްކަތާއި ހަވާލުވެ އެ މަސައްކަތް ނުނިމި ހުއްޓިފައި ހުރިކަން ފާހަގަކުރައްވައި އެ ރަށްރަށުގައިވެސް ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، އަނގޮޅިތީމުގެ ބަނދަރުގެ މަސައްކަތް ނިންމައިދެއްވާނެ ކަމަށާއި، ސްކޫލާއި ޞިއްޙީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް އިސްކަންދެއްވާނެ ކަމަށާއި، އަންހެން ބޭފުޅުންނަށް ހޭންޑްބޯލް ކޯޓެއް އަޅުއްވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ބޭންކް އޮފް މޯލްޑިވްސްއިން ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ރަށު ކައުންސިލާ ހަވާލުކުރެވުނެވެ.

ގުޅުންހުރި

Img 4435

އިންނަމާދޫގައި ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއް ޤާއިމްކުރަނީ

Img 4242

ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ފެށިއްޖެ

Afp 20240828 36ey2ph V1 Highres Palestinianisraelconflictwestbank 1724919833

ގާޒާގައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ތެރެއިން ދެދުވަހުގެ ތެރޭގައި 120 ހަށިގަނޑު ނަގާފައިވޭ

324900 3 3511e646f2f896d1a76d9cbd82ebc4bd09e4c267 Medium

ރޫހާނީ ފަރުވާ ރާއްޖެގައި އިޝްތިހާރު ކުރަމުންދިޔަ 3 ބިދޭސީން ހައްޔަރުކޮށްފި