ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 54 އަހަރަށް ޖަލަށް ހުކުމް ކޮށްފި!

މަސްޖިދުއްނަބަވީގެ އިމާމު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ: ރައީސް

ރައްޔިތުންގެ ޚިޔާލާއެކު 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ރައީސް އިލްތިމާސް ކުރައްވައިފި

Img 3741 (1)

ރ. އަތޮޅު އަނގޮޅިތީމް، 15 ޖަނަވަރީ 2024 – ރާއްޖޭގެ ކުރިއަށް އޮތް 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. މި އިލްތިމާސް ރައީސް ކުރެއްވީ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އަނގޮޅިތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލެވިގެންދާނީ ހުރިހާ ރައްޔިތުންގެ ވެސް ބައިވެރިވުމާއެކު، ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ފަހުކޮޅު ކަމަށާއި، އަދި އެއް އަހަރު ދުވަހުގެ ތެރޭގައި މި ޕްލޭންގެ މަސައްކަތް ނިންމުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑު އެދެނީ އަނގޮޅިތީމާއި އަދި ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ކުރިއަށް އޮތް 20 އަހަރު ތަރައްޤީ ބޭނުންވާ ގޮތަށް ރައްޔިތުންގެ ޚިޔާލު ދެއްވުމަށް. މިގޮތުން އެކުލަވާލެވޭ ޕްލޭނަކީ ޤާނޫނެއް އެކަމަށް ޚާއްސަކޮށް ހެދޭނެ ޕްލޭނެއް. އޭރުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް ތިބޭފުޅުން ނިންމެވި ގޮތަށް ރާއްޖެ ތަރައްޤީ ވާނެކަން ޔަޤީން ވާނެ.

ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ބަދަލުތަކުގެ ސަބަބުން ރައްޔިތުން ނިންމާ ގޮތްތައް ބަދަލުނުވެ ތަރައްޤީ ކުރިއަށް ގެންދިއުމަކީ ރައްޔިތުން އެދޭނެ ގޮތް ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ މިސްރާބަށް ރަށްރަށުގެ ތަރައްޤީ ގެންދިއުމަކީ ޢަމަލީ ގޮތުން އެ މަސައްކަތް ރައްޔިތުންނަށް ފެނި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަންތައް ރައްޔިތުން ތަޖުރިބާ ކުރާނެ ކަންތައްތައް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި މުހިންމު މަޝްރޫޢުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ. އަދި އެމަނިކުފާނުގެ މަސައްކަތްޕުޅުތައް އަމާޒުކުރައްވާފައިވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައްޔިތުން ބޭނުންވާ އަމާޒަށް ވާޞިލްވުމަށް ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި މި މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް އަރުވާފައިވެއެވެ.

މި މާސްޓަރ ޕްލޭންގެ މަސައްކަތުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކަމާ ބެހޭ ވުޒާރާތަކުން އަނގޮޅިތީމަށް ވެސް ވަރަށް އަވަހަށް ޒިޔާރަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތައް މެދުވެރިކޮށްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

Dsc 1823
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް

މި ޕްލޭނަކީ ރާއްޖޭގެ ދުރު މުސްތަޤުބަލަށް ވަރަށް މުހިންމު އަދި އަސަރުފޯރުވާނެ ޕްލޭނެއް ކަމަށްވުމާއެކު، ރައްޔިތުންގެ ފުޅާ ބައިވެރިވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސް މުޢިއްޒު ވަނީ އިތުރަށް ބާރުއަޅުއްވާފައެވެ. މި ޕްލޭން އެކުލަވާލުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ ރައްޔިތުންގެ އެދުންތަކާއި ބޭނުންތައް ސީދާ ސަރުކާރަށް އިއްވުމުގެ ފުރުޞަތެއް ކަމުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޙާލު ބައްލަވައި، އެ ރަށްރަށުގެ ތަރައްޤީއާ ގުޅޭ ގޮތުން ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ދަތުރުފު މި ދަތުރުފުޅުގައި ރައީސް ވަނީ ރ. އަތޮޅުގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައިލައްވާފައެވެ.

20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ އިތުރު މަޢުލޫމާތު ކަމާބެހޭ ވުޒާރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Large 172456603054urak

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

addu-flat

15 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް %40 ނިމިއްޖެ

397949 6b57dad9 e

ދިވެހީންނަކީ އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަކުރާނެ ބައެއް ނޫން: ގައްސާން

MTCC Advertisement TTH Advertisement