ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ރިޔާސީ ވަޢުދުތަކުގައި ހިމެނޭ ހުރިހާ ކަމެއް މިއަހަރުގެ ތެރޭގައި އަމަލީގޮތުން ފާށާނެ

Img 3741 (1)

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައް މި އަހަރު ތެރޭގައި އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. މި ޔަޤީންކަން ދެއްވާފައިވަނީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސަރުކާރުގެ އަމާޒަކީ ރިޔާސީ ވަޢުދުތަކުގައި ހިމެނޭ ހުރިހާ ކަމެއް މި އަހަރުގެ ތެރޭގައި ފަށައި، ބައެއް މަޝްރޫޢުތައް ނިންމުމެވެ. މިގޮތުން، ރަސްގެތީމުގެ ބަނދަރު މަޝްރޫޢު މި އަހަރު ތެރޭގައި ފެށުމަށާއި، ސްކޫލުގެ ކްލާސްރޫމްތަކާއި ހޯލުގެ މަސައްކަތް ނިންމުމަށް ރާވާފައިވާކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ކުޅިވަރު ވަސީލަތްތަކާއި، ކުނި މެނޭޖްކުރުމާއި، ސިއްޙީ ދާއިރާގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް މަސްތަކުގައި ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކަމާގުޅުންހުރި ވަޒީރުންނާއި، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަން ފާހަގަކުރައްވައި، ކައުންސިލާއި މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން މަސައްކަތްތައް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ވާހަކަފުޅު ނިންމަވާލެއްވީ، މި އަހަރު ނިމޭއިރު މައްސަލަތަކަށް ޙައްލު ލިބި، ރައްޔިތުން އެކަމުގެ އުފާ ފާޅުކުރާ ދަނޑިވަޅުގައި، ރައްޔިތުން އެދިވަޑައިގަންނަވާނަމަ، މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް އަލުން ރަސްގެތީމަށް ވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މި ރަސްމިއްޔާތުގައި، ބޭންކް އޮފް މޯލްޑިވްސްއިން ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ރަށު ކައުންސިލާ ޙަވާލުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅުއްވައިފި

މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހޮޓަލެއް ތަރައްޤީކުރާނަން: ރައީސް

4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ މަސައްކަތް ފަށައިފި

TTH_advertisement