ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުން އެދޭނަމަ ރ. ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހެދުމަކީ އަމާޒެއް: ރައީސް

Img 3680 (1)
ރައީސް މުއިޒް، ރ ވާދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރ. ވާދޫއަކީ މުޅި ރަށުގެ ހަކަތަ އުފެއްދުމުގައި އިޔާދަކުރަނިވި ވަސީލަތްތައް، ޚާއްޞަކޮށް ސޯލަރ ހަކަތަ ބޭނުންކުރާ ރަށަކަށް ހެދުމަކީ އެމަނިކުފާނުގެ އެދުމެކެވެ.

މި ވާހަކަފުޅުތައް ރައީސުލްޖުމްހޫރިއްޔާ ދެއްކެވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ރ. ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. ވާދޫ ސިފަކުރައްވާފައިވަނީ އަމިއްލައަށް އިސްނަގައިގެން، ބިނާކުރަނިވި ވިސްނުމަކާއެކު، ގިނަ ކަންތައްތަކެއް ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. ވާދޫގެ ރައްޔިތުންނަކީ ވަރަށް ފުޅާ ވިސްނުމަކާއެކު މަސައްކަތްކުރައްވާ، ތަރައްޤީގެ ވިސްނުން ހުރި ރައްޔިތުންތަކެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމަށްޓަކައި އެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް ޚާއްޞަ ކަންތައްތަކެއް ހުރިކަމަށާއި، ރ. ވާދޫއަކީ އަމިއްލައަށް އިސްނަގައިގެން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ރަށެއްކަމަށް ފާހަގަކުރައްވައި، އެކަމަށް މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވާފައެވެ.

ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް މުޅި ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި، މަދުވެގެން 33.33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެވޭ ޚިދުމަތަކަށް ހެދުމެވެ. މި އަމާޒާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރ. ވާދޫއަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މުޅި ރަށުގެ ހުރިހާ ހަކަތައެއް، އިޔާދަކުރަނިވި ހަކަތައިން، ޚާއްޞަކޮށް އިރުގެ އަވިން އުފައްދާ ހަކަތައިން ލިބިގަންނަ ރަށަކަށް ހެދުމަކީ އެމަނިކުފާނުގެ އެދުމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

raees muiz

ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

raees muiz

ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅުއްވައިފި