ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒު ރ. އަތޮޅުގެ 11 ރަށަކަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި

Img 2892

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ރ. އަތޮޅުގެ 11 ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. މި ދަތުރުފުޅަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށާއި، ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކުރެއްވުމަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެކެވެ.

މުޅިރާއްޖެއަށް މައުލޫމާތު ލިބިފައިވާގޮތުގައި، މި ދަތުރުފުޅުގައި ރައީސް މުއިއްޒު ފުރަތަމަ ދުވަހު ވަޑައިގަންނަވާނީ ވާދޫ، ރަސްގެތީމް، އަނގޮޅިތީމް، ހުޅުދުއްފާރު އަދި އުނގޫފާރަށެވެ. ދެވަނަ ދުވަހު ވަޑައިގަންނަވާނީ މާކުރަތު، މަޑުއްވަރި، ރަސްމާދޫ އަދި އިންނަމާދޫ އަށެވެ. އަދި ދަތުރުފުޅުގެ އެންމެ ފަހު ދުވަހު ވަޑައިގަންނަވާނީ ފައިނު އަދި ކިނޮޅަހަށެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ސީދާ ބައްދަލުކޮށް، އެ ރަށްރަށުގެ ކަންބޮޑުވުންތަކާއި ބޭނުންތައް އަޑުއެއްސެވުމެވެ. މީގެ އިތުރުން، ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް މިދިޔަ އަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ފަދަ ދަތުރުފުޅުތަކުން ރައްޔިތުންނާއި ރައީސާ ދެމެދު ގުޅުން ބަދަހިވެ، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

ރައީސް މުއިއްޒު މި މަހުގެ ކުރީކޮޅު ވަނީ ގއ. އަދި ގދ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުތަކުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ސަރުކާރުން ހިންގަވާ އެކި މަޝްރޫޢުތައް ބައްލަވައި، ކުރިއަށްދާ މިންވަރު ވެސް ވަނީ ބައްލަވާފައެވެ. އެމަނިކުފާނުގެ އެދަތުރުފުޅުގައި ގއ އަދި ގދ ވަނީ ވަރަށް ބޮޑުތާއީދަކާއި މަރުހަބާއެއް ރައްޔިތުންގެ ފަރާތުން ކިޔާފައެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅާ ގުޅިގެން ރ. އަތޮޅުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް އުފާކޮށްފައެވެ. ގިނަ ރައްޔިތުން އުންމީދުކުރަނީ މި ދަތުރުފުޅުގެ ސަބަބުން އެ ރަށްރަށުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބި، ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިދުރީސް
އަދިކިރިޔާ ލާމަރުކަޒީ ރައީސެއް ގައުމުގެ ވެރިކަމަށް މިއައީ، ތީޔައީ ލާމަރުކަޒީގެ އައްޕަ!

ގުޅުންހުރި

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

raees muiz

ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

raees muiz

ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅުއްވައިފި