ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހިތަދޫގައި މިއަދު އަލިފާނުގެ ހާދިސާއެއް ގެއެއް އަނދާ އަޅިއަށް

8354d7d3 3e03 4999 Bc2c Fcb013d552e3

އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އަނދައި އަޅިއަށްވެއްޖެއެވެ. މި ހާދިސާ ހިނގީ ހިތަދޫ “ގުލްކަނދުގެ” ނަމަކަށް ކިޔާ ގެއެއްގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފަޔަރ ސަރވިސްއިން ބުނެއެވެ. ނަމަވެސް، ގެއަށް ލިބުނު ގެއްލުން ވަރަށް ބޮޑުކަމަށް ބެލެވެއެވެ. ގެއެއްކޮށް އަނދައި ހަލާކުވެފައިވާއިރު، މުޅިރާއްޖެއަށް މައުލުމާތު ދެއްވަމުން އެރަށުމީހަކު ބުނި ގޮތުގައި އަލިފާން ރޯވާން ދިމާވީ، ކަރަންޓް މައްސަލައެއް ދިމާވެގެން ކަމަށް ލަފާ ކުރެވެއެވެ.

މި ހާދިސާ ހިނގި ސަބަބު އަދި ސާފުވެފައި ނުވާކަމަށާއި، އެކަން ބަލައި ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދ ހާދިސާތަކުން ރައްކާތެރިވުމަށް ގޭގޭގައި އަލިފާން ނިއްވާ ފޮށި ބެހެއްޓުމާއި، ކަރަންޓު ވައިރިންގ ގަވާއިދުން ޗެކުކުރުމަށް ފަޔަރ ސަރވިސްއިން އާންމުންނަށް އިލްތިމާސް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

“ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

ހުރިހާ ވިސާއަކުން އަންނަ މުސްލިމުންނަށް އުމްރާވަން ސައޫދީން ފުރުސަތު ހުޅުވާލައިފި

sdfc

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ ބޭންކިން އުސޫލުތަކަށް ބަދަލުކުރަނީ

TTH_advertisement