ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ބިނާކުރަނިވި ފާޑުކިއުމަށް ޖާގަ ދެއްވާ ބޭފުޅެއް: ނާއިބު ރައީސް

381807 Adeb97a3 6

“ދިވެހިންނަންނަކީ ނާތަހުޒީބު” ބައެއްކަން ދައްކަން އުޅުމަކީ ދަށުދަރަޖައިގެން ޢަމަލެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މީސްމިޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްޓުގައިވަނީ:-

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ސިޔާސީ ފަރާތަކުން މީޑިއާއެއްގައި ވާހަކަދައްކަވަމުން މަގުމަތިން ވެރިކަން ވައްޓާލަން ރައްޔިތުން ނިކުންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކެވުމާ ގުޅިގެންނެވެ.

މިވާހަކަތަކަށް އިޝާރާތްކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ބިނާކުރަނިވި ފާޑުކިއުމަށް ޖާގަ ދެއްވާ ބޭފުޅެއް ކަމަށެވެ. އަދި މި ސިފައަކީ ޤައުމަށް އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ

ނައިބު ރައީސް ވަނީ ފާޑުކިޔުމުގެ ނަމުގައި ދިވެހިންނަކީ ނާތަހުޒީބު އަދި ޑިމޮކްރެސީއާއި ދުރުބައެއްކަން ދައްކަން އުޅުމަކީ، ދަށު ދަރަޖައިގެ ޢަމަލެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރައްޔިތުންނަށް ހަޖޫޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤައުމަށް އެންމެ މުހިންމު ކަންކަން ދެނެގަނެގެން އެކަންކަން ކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: ނާއިބު ރައީސް

އިންޑިއާ ސަފީރު، ނައިބުރައީސް ގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ނައިބު ރައީސްގެ އަރިހަށް ޗައިނާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

TTH_advertisement