ކުއްލި ޚަބަރު

ސޯލިހު، ނަޝީދަށް: ބަދަލު ހިފާނީ ބަލިކަށި މީހުން، އަޅުގަނޑު ބަދަލެއް ނުހިފާނަން!

މީގެ ފަސް އަހަރު ކުރިން ކަނޑަށް ގެއްލުނު ނަސްރުﷲ ގެ މައްޗަށް މާދަމާ ކަށުނަމާދު ކުރަނީ

ހަފްތާ ބަންދުގައި މޫސުން އޮތީ ވަރަށްގޯސްކޮށް، ސަމާލުވޭ!

ޤައުމުދެކެ ލޯބިވާ ކޮންމެ ދަރިއަކަށް ޤައުމު ޙަވާލުކުރާ އަމާނާތެއް އޮވެއެވެ

Dsc 0592

އަނދަމުންދާ ކެލިފޯނިޔާއަށް އެއް ދުވަހުގެ ތެރޭގައި ހަތަރު ޒަލްޒަލާ (މިބަހީ ބިންހެލުން) އަތުވެއްޖެ ކަމަށް ބުނެވެއެވެ. މިއީ ހަމާސް ޖަމާޢަތުގެ ބަޔަކަށް، ހޫތީންނަކަށް ނުވަތަ އީރާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް، ނުވަތަ ދެޕްލޭޓްގަނޑެއް ޖެހިގެން، މުޑިއަރައިގެން، ގޭނިގެން އެރި ލޮޅުމެކޭ ބުންޏަސް، އެ ދެޕްލޭޓްގަނޑު ހެލުވުމަކީ އެބުނާ ނޭޗަރަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އަހަރެމެން އީމާންވާ ގޮތުގައި އެއީ ހަމައެކަނި ﷲ ގެ އަމުރުފުޅަށް ނޫނީ ހިނގާނެ ކަންކަމެއް ނޫނެވެ.

ކެލިފޯނިއާގެ ވާހަކަ ދައްކާއިރު، އަހަރެމެންގެ މި ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުން، އަދި އަހަރެމެންގެ އަމިއްލަ ނަފްސުން ކުރެވޭ ޢަމަލުތަކާމެދު ބިރުވެތިވެ، ލަދުވެތިވެ، ކަންބޮޑުވާން ޖެހެ އެވެ. މީގެ ފަންސާހަކަށް އަހަރުކުރިން ތިންއިރު ހަމަޔަށް ކާނެ އެތިކޮޅެއް ނުލިބިތިބި މީހުންނަށް، މިއަދު ﷲ ދެއްވައި ދަރުމަކުރެއްވި ތަނަވަސްކަމާއި، ތިޔާގިކަމާއި، އަރުތަވެރިކަމުގެ މައްޗަށް އަހަރެމެންނަށް ޝުކުރުވެރި ވެވޭތޯ ނުވަތަ އެ ހުރިހައި ނިޢުމަތެއް ދެއްވުމުން އަހަރެމެންގެ ކުފުރުވެރިކަން އިތުރު ހަރުފަތަކަށް އުފުލި، އަލްމަޣުޟޫބުންނާ އެއް މަގަކަށް މިސްރާބު ޖެހެވެނީތޯ ވިސްނައިލާން އެބަ ޖެހެއެވެ.

لإن شكرتم لأزيدنّكم ولإن كفرتم إنّ عذابي لشديد އޭ ކަނޑައެޅިގެން އެ އޮތް ވަޙީގެ ބަސްފުޅު އަހަރެމެން، ރީތި ރާގުރާގަށް، ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ދުލުން ކިޔަވަމުން ދިޔަޔަސް، އެ ކަލިމަތުގައި ﷲ ލައްވާފައިވާ ފުން މާނަތަކާއި، އިލާހީ ޙިކްމަތްތަކާއި، އަހަރެމެންގެ ޢަމަލުތަކާ އަޅައިކިޔައި، ބަލައި ވަޒަންކުރަނީ ދާދި މަދުބައެކޭ ދަންނަވަންޖެހެނީ ހިތާމައާ އެކުގަ އެވެ.

ދިވެހި ގިނަ ޒުވާނުންގެ ވާހަކަތަކާއި، ބަސްމަގާއި، ޢަމަލުތަކާއި އުޅުމާއި ގުޅުމާއި ގޮތްފޮތް ހުރިގޮތް ކައިރިން ބަލައި، ރީތިކޮށް އަޑުއަހައިފިނަމަ، أستغفرالله އޭ ބުނެވެނީ ބޭއިޚްތިޔާރުގަ އެވެ. ބައެއް ޒުވާނުންގެ ފިކުރާއި ވިސްނުމާއި ޚިޔާލު ހުންނާތީ ފެންނަނީ މުޅީން އެހެން އުސްމިނެއްގަ އެވެ. ލިބިދެވުނު ތަޢުލީމާއި، ހޭލުންތެރިކަމުގެ ނަތީޖާއިން ފެންނަނީ، ތަހުޒީބުގެ ކުލަތަކެއް ނޫނެވެ. ހަރުދަނާކަމުގެ ސިފަތަކެއް ވެސް ނޫނެވެ.

މުޖުތަމަޢުގެ އާދަކާދަ މިސްރާބު ޖަހާފައި މި ވަނީ، ނާމާން އައްސޭރިއަކަށެވެ. ތަޢުލީމް ދިނުމަށް ދައުލަތުން ހޭދަކުރާ އެތައް ބިލިޔަން ރުފިޔާއިން މި އުފެއްދެނީ، ތަރުބިއްޔަތެއް ނެތް ޖީލެކެވެ. ޞިއްޙަތަށް ދައުލަތުން ހޭދަކުރާ އެތައް ބިލިޔަން ރުފިޔާއިން މި އުފެއްދެނީ ދުޅަހެޔޮކަމެއް ނެތް ޖީލެކެވެ. ދުޅަހެޔޮކަމެއް ނެތް، ހަރުދަނާކަމެއް ނެތް ބައެއްގެ އަތްމައްޗަށް ޤައުމެއް އެރީމާ ދެން ވާނޭގޮތް ކައިރީގައިވާ ޤައުމުތަކާއި ދުރުގައިވާ ޤައުމުތަކުގެ އަދުގެ ޙާލަތަށް ބަލައިލީމައި ކިތަންމެ ރަނގަޅަކަށް ވެސް ވަޒަން ކުރެވޭނެ އެވެ.

ޤައުމުގެ ހަރުދަނާ ތަޖްރިބާކާރުން ތިއްބެވީ އެ ބޭފުޅުންގެ އަބުރުފުޅާއި ޢިއްޒަތަށް މީހަކު ދީފާނެ ޙަމަލައަކަށްޓަކައި، އަނގަފުޅު ލައްޕަވައި، ދެކަންފަތްޕުޅަށް ކަފަޖައްސަވައި، ދެލޯފުޅު ތަގުޑިކުރައްވައިގެންނެވެ. ގިނަ ސިޔާސީ ލީޑަރުން ތިއްބެވީ، އެބަޔަކު ބޯނެއެއްޗެއް ބޯންދީގެން، ކާނެއެއްޗެއް ކާންދީގެން، އެބަޔަކު ބޭނުން ކޮންމެ ގޮތަކަށް އުޅުނަސް އަތްޖަހައި ސާބަސްދީގެން ނަމަވެސް ވޯޓްގަނޑު ހޯދައި މަތިފަޑީގައި ސަވާރުވެ އަބަދުގެ އަބަދަށް ދެމިތިއްބެވުމަށް ޢަޒުމް ކަނޑައަޅުއްވައި ފޫގަޅުއްވައިގެންނެވެ.

ޤައުމުދެކެ ލޯބިވާ ކޮންމެ ދަރިއަކަށް، ޤައުމު ޙަވާލުކުރާ އަމާނާތެއް އޮވެ އެވެ. އެއީ ޤައުމަށް ތެދުވެރިވުމާއި ވަފާތެރި ވުމެވެ. އެ އަމާނާތް އަދާކުރުމަށް، ޒުވާނަކު ނަމަ ކުރަންޖެހޭ ކަމަކީ، ޖޯޝާއެކު އަތުކުރި އޮޅާލައި، ޤައުމަށާއި، އަތޮޅަށާއި، އުފަން ރަށަށާއި، ނިސްބަތްވާ ޢާއިލާއަށާއި ތިމާގެ އަމިއްލަ ނަފްސަށް ހެވާއި ލާބަ ހޯދުމަށް ކެރިގެން މަސައްކަތް ކުރުމެވެ. މުސްކުޅި އުމުރަށް ދިޔުމުން ކުރަންޖެހޭ ކަމަކީ، ދިރިއުޅުމުގައި ލިބުނު ތަޖްރިބާއާއި އޭގެ މައްޗަށް ބިނާކޮށް ޤައުމަށްޓަކައި ފެންނަ އެންމެ ހެޔޮލަފާ ޒުވާނުންނަށް ކިޔައިދީ މަގުދައްކައިދިނުމެވެ.

ޤައުމަށްޓަކައި އަދާކުރަންޖެހޭ އަމާނާތް ކޮނޑުއަޅައިގެން ތެދުވުމަކީ، އެހައި ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް އެއީ އުޒުރާއި ބަހަނާ ދައްކައިގެން ރެކެންވާވަރަށްވުރެ މާ މުޤައްދަސް ޤައުމީ މަސްއޫލިއްޔަތެކެެވެ. އެ މަސްއޫލިއްޔަތާއިގެން ނުކުންނާންވީ ވަކި މީހަކާ ދެކޮޅަކަށް ނޫނެވެ. ވަކި މީހަކާ އެއްކޮޅަކަށް ނޫނެވެ. ޙައްޤު ދަމަހައްޓައި ބާޠިލު ނެތިކޮށްލުމަށެވެ. ހެޔޮ ނުބައި ވަކިކޮށްދިނުމަށެވެ.

ބުއްދިވެރިންނާއި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ޤައުމެއް ފަނާވެދަނީ މައިގަނޑު ދެ ސަބަބަކާހެދި އެވެ. ފުރަތަމަ ސަބަބަކީ، ނުބައިމީހުންގެ ނުބައި ގޮތުގައި ކުރިއެރުމެވެ. ދެވަނަ ސަބަބަކީ ރަނގަޅުމީހުން އިޞްލާޙުގެ މަސައްކަތުން އެކަހެރިވެ ހަނުތިބުމެވެ.

ދިވެހިރާއްޖެއަށް ޒަލްޒަލާއެއް އަތުވެއްޖެނަމަ، ވާނޭ ކަމަށް ސިފަވާ ގޮތަކީ، ބިމަށް ގުޑުމެއް އަރައިފައި، ދެތިންތަނަކުން ރެނދު ލައިފައި ހިކިފަސް ވެލިގަނޑު، މާކަނޑުގެ ތެރެއަށް އޮހިގެން ފައިބައިގެން ދިއުމާއި، ދަމައިގަތް ވެލިގަނޑުގެ ރާޅުބާނިއަރައި، އެއް ފަރާތުން އަނެއް ފަރާތަށް ދާއިރު ފަސްމަތީގައި ވީހައި އެއްޗެއް ކަނޑުގެ އޮއިވަރަށް ދަމައިގަތުމެވެ. މި ފަދަ މުޞީބާތަކުން މި ލޮބުވެތި ޤައުމު ޙިމާޔަތް ކުރައްވާށި އެވެ! އާމީން.
ولاحول ولا قوّة إلّا بالله العليّ العظيم

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ަ ަދާވޫދު
ނަސީރުބެގެ އިތުރި ލިޔުން ފެންނާނެ ކަމަށް އުއްމީދުކުރަން . ވ ފުރިހަމަ
ަ ަނަސީމާ
ދެއްވަދޫގެ ރީތި ޒުވަނުންކޮޅެއްގެ ފޮޓޯއެއް
ަ ައަލީ އިބުރާހިމް
ވަރަށް ފުރިހަމަ ލިޔުމެއްީ

ގުޅުންހުރި

343091 3 d0b304fc8f0b18767d3db6b030f3cb1ed9dc01cc large

ސޯލިހު، ނަޝީދަށް: ބަދަލު ހިފާނީ ބަލިކަށި މީހުން، އަޅުގަނޑު ބަދަލެއް ނުހިފާނަން!

B 202506260952321750956752.7834

މީގެ ފަސް އަހަރު ކުރިން ކަނޑަށް ގެއްލުނު ނަސްރުﷲ ގެ މައްޗަށް މާދަމާ ކަށުނަމާދު ކުރަނީ

ސާވާއަށް ގެއްލުންދިން ކަމަށް ނިންމައި، ބްރޯޑްކޮމްގެ އައިޓީ އޮފިޝަލު ވަކިކޮށްފި

ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

TTH_advertisement ELL Mobile Advertisement