ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިޒް އެސްޓޯނިއާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

Dsc 2698

ރިޕަބްލިކް އޮފް އެސްޓޯނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ. މި ތާރީޚީ ދަތުރުފުޅަކީ، ދިވެހި ރައީސަކު އެ ޤައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި:

– ދެ ޤައުމުގެ ރައީސުން ބައްދަލުކުރައްވައި، ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި
– އެސްޓޯނިއާގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެއްބާރުލުން ދިނުމަށް އެއްބަސްވި
– 3 ފަހުމުނާމާއެއްގައި ސޮއިކުރެއްވި
– މުހިންމު އަދި ޘަޤާފީ ތަންތަނަށް ޒިޔާރަތްކުރެއްވި

މިދަތުރުފުޅުން:
– ރާއްޖެ ޑިޖިޓަލައިޒްކުރުމަށް އެހީތެރިކަން ލިބުނު
– މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތަށް ކުރިއެރުން ލިބުނު
– ބައިނަލްއަޤްވާމީ ފޯރަމްތަކުގައި އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވި

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް، މި ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ވިލުންތެރިކަމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ވަނީ ލިބިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މަލްޓިލޭޓަރަލް ޕްލެޓްފޯމްތަކުގައި ދެޤައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ޢަޒުމް އިތުރަށް ހަރުދަނާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، ރާއްޖެ ޑިޖިޓަލައިޒްކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދީ، ބައިނަލްއަޤްވާމީ ގުޅުންތައް ޤާއިމުކުރައްވައި، ގުޅުންތައް ބަދަހި ކުރެއްވުމަށް ގެންދަވަނީ ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

raees muiz

ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

raees muiz

ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅުއްވައިފި