ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

އެސްޓޯނިއާގެ ދަތުރު ހާމަކަން ބޮޑު ހިންގުމުގެ ނިޒާމުން ގިނަ ފިލާވަޅުތަކެއް ލިބުނު: ރައީސް

385317 78b87f53 D

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ މައިގަނޑު ނުކުތާތައް:

1. އެސްޓޯނިއާގެ ހިންގުމުގެ ނިޒާމުން ރާއްޖެއަށް ފިލާވަޅު ލިބުނު.

2. ދަތުރުފުޅުގައި ލިބުނު ކުރިއެރުންތަކަކީ އުއްމީދީ ކުރިއެރުންތަކެއް.

3. ދެ ޤައުމުގެ ދެމެދު ފަހުމުނާމާތަކުގައި ސޮއިކުރެވުނު.

4. އެސްޓޯނިއާއަކީ ފަންނިއްޔާތުގެ ދާއިރާގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމު.

5. ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް.

6. ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާގެ އިޖާދީ ފަންނިއްޔާތުގެ ދާއިރާ ބައްލަވާލެއްވި.

އެސްޓޯނިއާގެ ވެރިރަށް ޓަލިންއިން ފުރާވަޑައިގަންނަވަމުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިމިގެންދާއިރު، މި ދަތުރުފުޅުގެ ތެރެއިން ލިބުނު ކުރިއެރުންތަކަކީ އުއްމީދީ ކުރިއެރުންތަކެއް ކަމަށެވެ. އަދި އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި އެޤައުމުގެ ސަރުކާރާއި ރައްޔިތުން އެމަނިކުފާނާއި ރާއްޖޭގެ ވަފުދައް ދެންނެވި ހޫނު މަރުހަބާއަށާއި، އަދާކުރެއްވި މެހެމާންދާރީއަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދަތުރުފުޅާއެކު ޚާރިޖީ ގުޅުންތަކުގެ އައު ޒަމާނެއް ފެށިގެންގޮސްފައިވާ ކަަމަށެވެ. އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ބޭއްވި ފައިދާކުރަނިވި ބައްދަލުވުންތަކާއި އަދި ދެ ޤައުމުގެ ދެމެދު ސޮއިކުރެވުނު ފަހުމުނާމާތަކުން މިކަން ކަށަވަރުވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިންވަނީ ފަންނިއްޔާތުގެ ދާއިރާއިންނާއި، ތިމާވެށީގެ ދާއިރާއިންނާއި ސިޔާސީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާ ކުރިއެރުވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މިދަތުރުގެ އެންމެ މުހިންމު އެއް ބަޔަކީވެސް އެކަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަންނިއްޔާތުގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ އެސްޓޯނިއާއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާގެ ސަރުކާރުގެ އިސް ފަރާތްތަކާއި އެ ޤައުމުގެ އިޖާދީ ފަންނިއްޔާތުގެ ދާއިރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރާއީލުން ދޯހާއަށް ދިން އުދުވާނީ ހަމަލާގައި ހަމާސްގެ ވަފުދުގެ އެއްވެސް ބޭފުޅަކު އަވަހާރައެއް ނުވޭ: ހަމާސް

112

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

112

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

66

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ELL Mobile Advertisement TTH_advertisement