ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓޯނިއާގެ ރައީސްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާގޮތަށް ނިންމަވައިފި

Img 3010

އެސްޓޯނިއާގެ ރައީސް އަލާރ ކާރިސްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް މި މަހު 13 އިން 16 އަށް ކުރައްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ރައީސް މުއިޒް މި ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ ވެރިކަމުގައި ހުންނަވާ ރައީސަކު އެސްޓޯނިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު އެވެ. މިއަންނަ ހޯމަ ދުވަހު ރައީސް ފައްޓަވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސްގެ ދާއިރާ އިން އެއްބާރުލުން އިތުރު ކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ތިމާވެއްޓާއި ތަޢުލީމް އަދި ސައެންސްގެ ދާއިރާ އިން ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދު އެއްބާރުން އިތުރު ކުރުމަށް ވެސް މަޝްވަރާ ކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ.

އުތުރު ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއާ އަކީ ޑިޖިޓަލް އިގްތިސާދެއް ޤާއިމްކޮށްފައިވާ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުންއަންނަ ގައުމެކެވެ. ޚާއްސަކޮށް، ޑިޖިޓަލް ގަވަނަންސްގެ ދާއިރާ އިން އެ ގައުމަކީ ދުނިޔޭގައި ފާހަގަ ކުރެވޭ ޤައުމެކެވެ.

ރާއްޖޭގައި ޑިޖިޓަލް އިޤްތިސާދެއް ގާއިމްކުރުމަކީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

raees muiz

ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

raees muiz

ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅުއްވައިފި