ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލުބްނާނުގެ އިންތިޚާބީ ރައީސް އަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

385061 63be308d B

ލުބްނާނުގެ ރައީސްކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ހިޒް އެކްސެލެންސީ ޖޯސެފް އައޫންއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހިރާއްޖެއާއި ލުބްނާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ބިނާވެފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ވާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ލުބްނާނަށް ޞުލްޙަމަސަލަސްކަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމުގައި ލުބްނާނުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ހިޒް އެކްސެލެންސީ ޖޯސެފް އައޫންއަށް، ޙިކުމަތްތެރިކަމާއި ކާމިޔާބަށް އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ލުބްނާނުގެ އައު ރައީސް، އައުންއަށް ދުޅަހެޔޮ ޞިއްޙަތެއްގައި ލެހެއްޓެވުމާއެކު، އުފާފާގަތިކަމާއި، ލުބުނާނުގެ އަޚުވަންތަ ރައްޔިތުންނަށް ޞުލްޙަމަސަލަސްކަމާއި ކުރިއެރުން ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

raees muiz

ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

raees muiz

ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅުއްވައިފި