ކުއްލި ޚަބަރު

އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުނެގުމަށް މާލޭގައި ހަތް ވޯޓް ފޮށި ބަހައްޓާނެ

ޖަރުމަނުގެ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

ފަނަރަ މިލިއަން ޑޮލަރު ލިބޭ ޓުއްރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީކުރަން އަންގައިފި

Big 6fvtlifb6anxxjh1pddt96gzu

ދާދިފަހުން ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދު އިސްލާހުކުރެވި  އެމްއެމްއޭއިން ގެޒެޓުކޮށް، އެއަށް އަމަލުކުރަން ވަނީ ފަށައިފިއެވެ.

މި ގަވާއިދުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކު ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، އަހަރެއްގެ ތެރޭގައި 15 މިލިއަން އެމެރިކާ ޑޮލަރު ލިބޭ ހުރިހާ ވިޔަފާރިއެއް ރަޖިސްޓްރީ ކުރަން ލާޒިމް ކުރެއެވެ. އަދި މިކަން ކުރުމަށް ގަވާއިދުގައި ބަޔާންކުރާ ފަހު ތާރީޚަކީ މިމަހުގެ 13 ވަނަ ދުވަހެއެވެ.

މިއަހަރުގެ ޖެނުއަރީން ފެށިގެން މި ދާއިރާގައި ވިޔަފާރި ފަށާ ފަރާތްތަކުން ރަޖިސްޓަރީކުރަންޖެހެނީ އެފަރާތްތަކުން ވިޔަފާރި ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައިކަމަށް ވަނީބަޔާން ކުރެވިފައެވެ.

މީގެ އިތުރުން ނިމިދިޔަ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބިފައިވާނަމަ، އެފަރާތަކުން 3 ފެބުރުވަރީ 2025ގެ ކުރިން އެމްއެމްއޭގައި ރަޖިސްޓަރީކުރަންޖެހޭނެ ކަމަށްވެސް އަލަށްހެދި ގަވާއިދުގައި ބުނެފައިވެއެވެ

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން “ކެޓެގަރީ އޭ” ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރުމެވެ. އަދި “ކެޓެގަރީ ބީ” ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 10 09 at 11.45.25

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިމޭނެ: ބީއެމްއެލް

ޕްރިންސިޕަލުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށަނީ

Ec election commission

ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުމަށް އައްޑޫގެ 3 ރަށާއި މާލޭގައި 18 ވޯޓު ފޮށި ބަހައްޓާނެ: އިލެކްޝަން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ރަސްމީކޮށް ހުޅުވަން ތައްޔާރުވަނީ

TTH_advertisement