ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ހުވަދޫ ދަތުރުފުޅުގެ ފަހުމަންޒިލްއަކަށް ގއ ދެއްވަދޫ

Dsc 0675

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އަށް މިހަރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫއަށް މިއަދު ވަޑައިގެން ރައްޔަރުންނާއި ކައުންސިލްއާއި ބައްދަލު ކުރައްވާފިއެވެ. މިބައްދަލުވުން ތަކުގެ ތެރެއިން ކައުންސިލްއިން ހުށަހެޅި ގިނަކަންތަށް ބަޖެޓްގެ ތެރެއިން މިއަހަރު ޖުމްލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެރަށުގެ ކައުންސިލަރުން ވަނީ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތް މިހާރު ހުއްޓިފައިވާކަން ފާހަގަކުރައްވައި އެކަމަށް ޙައްލެއް ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ކުރިމަތިވާ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށްޓަކައި ރަށުގެ ޞިއްޙީ މަރުކަޒަށް ޒަމާނީ ވަޞީލަތްތައް އިތުރުކޮށް، ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބިމުގެ ދަތިކަމަށް ޙައްލު ބޭނުންވާކަމަށާއި އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އަންހެނުންގެ ތަތައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުން ވަނީ ވޮލީކޯޓެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

Dsc 0656

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނެކަމަށާއި ގިނަކަންތަކަށް މިއަހަރުގެ ބަޖެޓްގެ ތެރެން ހައްލުކޮށް ދެއްވާނެ ކަމަށެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދެއްވަދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާއި ޙިއްޞާކުރައްވާފައެވެ. ރައީސުލް ޖުމްހޫރިއްޔާ މިރަށަށް ވަޑައިގަތުމުންވެސް ވަރަށް ހޫނުމަރުހަބާއެއް ކިޔައިފައެވެ.

Dsc 0627

ރައީސްގެ މިދަތުރިފުޅުގައި މިފަހަރު ވަނީ ދެއްވަދޫ ހިމެނޭހެން 8 ރަށަކަށް ވަޑައިގެންފައެވެ. އޭގެތެރޭގައި ގދ ނަޑެއްލާ، ވާދޫ،ފިޔޯރީ، ރަތަފަންދޫގެ އިތުރުން ގއ ގެ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫ ހިނެއެވެ. މިފަހަރު އިސްކަން ދެއްވާފައިވަނީ މިދިޔައަހަރުގައި ކުރެއްވި ދަތުރުފުލުގައި ވަޑައިނުގަނަވާ ރައްތަކަށް ކަމަށް ރައީސް މިއަދުގެ ޖަލްސާގައިވަނީ ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް އިތުރު ދަތުރުފުޅެއް އެރަށްތަކަށް ކުރައްވަނެކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

raees muiz

ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

raees muiz

ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅުއްވައިފި