ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގޯތިގެދޮރުގެ މައްސަލަތަކަށް މިސަރުކާރުން ދާއިމީ ހައްލު ގެނެސްދޭނެ – ރައީސް މުޢިއްޒު

6057c018 5dec 42bd Bdaf 3ce9ca205af3

ރައްޔިތުންނަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް ކަމަށާ، ހުރިހާ ރައްޔިތުންވެސް މި ފުރުޞަތުގެ ބޭނުން ރަގަޅު ގޮތުގައި ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި އިލްތިމާސް ތަކުރާރުކުރައްވާފައި ވަނީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ރޭގައި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

‎ސަރުކާރުން އަބަދުވެސް އެންމެ އިސްކަންދޭނެ ސިޔާސަތަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ވަގުތީ ހައްލެއްގެ ބަދަލުގައި ދާއިމީ ހައްލެއް ރައްޔިތުންނަށް ހޯދުންކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހީންގެރާއްޖެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ ފަދައިން، މި ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކު ކަމުގައިވިޔަސް، އެމީހެއްގެ އަމިއްލަ ގޯތި، އުޅެވޭ ވަރުގެ ހިޔާވައްސަކަށް ހެދޭނެކަމުގެ އުންމީދު ދެއްވާފައެވެ.

‎ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައި ވާ ހިނދު، މި މައްސަލައަށް ޙައްލެއް ލިބެން އޮތް ދެވަނަ ގޮތަކީ ރައްރަށުގައި ހައުސިންގް މަޝްރޫޢުތައް ހިންގުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފެށުމަށް ދަޢުލަތުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނުއްވާފައި އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ސަރުކަރުގެ ބަޖެޓަށް އިތުރު ކުރެވޭނެ މިންވަރެއް ކަމަށާ، މަޤްޞަދަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް، ޙަޤީޤީ މާނައިގައި ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ
‎ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހިނގަމުން މިދާ ރިޔާސީ ދައުރު ނިމޭއިރު، ދިވެހި ކޮންމެ ރައްޔިތަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ފުރުޞަތު އޮތް މީހަކަށް ވުމަކީ ޢަމާޒުކަމުގައި ފާހަގަކުރެއްވިއެވެ. ހައުސިންގް ޔުނިޓް ނުވަތަ ލޯނު ސްކީމާއި އެނޫންވެސް އެފަދަ މަޝްރޫޢުތަކުގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ފުރަތަމަ ބޯހިޔާވައްސަށް ފުރުޞަތު ލިބިފައި އޮތް ރައްޔިތެއް ކަމުގައި ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވަމުން ގެންދަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

‎ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓު ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރަން ފަށްޓަވާނޭކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ނިމިދިޔަ އަހަރުގެ މިނިވަންދުވަހު ޤައުމާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އަދި “ހިޔާވެހި ފައިނޭންސިންގް ޕްރޮގްރާމް” އިފްތިތާޙުކޮށްދެއްވީ، ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިއީ ރައްޔިތުންނަށް ނުހެދިފައިހުރި ގޯތިތަކާއި އަދި ގޯތި އިތުރު މަރާތްކުރުމަށް ގޮތް ހުސްވެފަިތިބި އެތަށްބަޔަކަށް އުއްމީދު އާލާކޮށްދިން މަޝްރޫއެއްކަމަށް ގިނަބަޔަކު ގަބޫލް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ރާއްޖެއަށް ހަ ކިލޯގެ ޑްރަގް އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

Oo

ބޮޑު ކަންނެލި މަސްވެރިންނަށް ތެލުން ސަބްސިޑީ ދޭން ނިންމައިފި

Oo

އާ ޝިޕްމަންޓެއް ލިބި، ގޭސް ލިބުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެ: އެސްޓީއޯ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފްލެޓަށް އެޕްރީލް 1ގައި ހުޅުވާލަނީ