ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ އަށް ވަޑައިގެންފި

Img 3036

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުގެ ތެރެއިން މިގޮތުން އެ ރަށަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުންމަޝްވަރާކުރައްވައިފައިވެއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިރޭ ގއ. މާމެންދޫ ކައުންސިލް އިދާރާގައެވެ

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރަށުގެ ނަރުދަމާގެ މައްސަލައާއި ރަށުގެ ގިރާ ސަރަހައްދުގެ މައްސަލަތައް ވަރަށް ތަފްޞީލީ ގޮތެއްގައި ކައުންސިލުން ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލުން ވަނީ ކައުންސިލް އިދާރާ ހިންގުމަށް އާ އިމާރާތެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މަގުހެދުމުގެ މަޝްރޫޢާއި ޒުވާނުންގެ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ރަށާއި ކައިރީގައި އޮތް ހުޅިމެންދޫ، އެރަށުގެ އިހުތިސާސްތެރޭގައި ހިމަނައިދެއްވައި އެރަށުން އާމްދަނީ ލިބޭނެ މަގުފަހިކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ޚިދުމަތް ދެވޭނެތަނަކަށް ހަދައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމަށެވެ

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާމެންދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާއި ޙިއްޞާކުރައްވާފައެވެ.ޱ

މިރޭގައި ކުރިޔަށްދިޔަ މަމެންދޫގެ ރައްޔިތުންނާއި ބައްދަލު ކުރުމުގެ ޖަލްސާތެރެއިން އެމަނިކުފާނުވިދާޅުވީ ކައުންސލްއިން މިރޭ ހުށަހެޅި ހުރިހާމައްސަލަތަކަކަށްވެސް ބަޖެޓްތެރެއިން ހައްލު ހޯދައިދެއްވާނެކަމަށެއެވެ. އަދި މިއަހަރަކީ ގިނަކަންތަށްތަކެއް ވެގެންދާނެ އަހަރެއްކަމަސްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

raees muiz

ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

raees muiz

ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅުއްވައިފި