ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަދި އިސްކަމެއްދޭ ސިޔާސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

472553439 989487476549823 5920789405475577782 N

ގއ. އަދި ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ ނިލަންދޫގެ ދަނޑުވެރިންގެ އުދެއްދުންތަކަށް ދާއިމީކޮށް މާކެޓް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ދަނޑުވެރިކަމަކީ ސަރުކާރުގެ އެއްމެމުހިއްމު އެއްސިނނާއީ ދާއިރާއެއް ކަމަށެވެ.

“ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަކީ ވަރަށް މުހިންމު ސިޔާސަތެއް، ދަނޑުވެރިކަމަކީ މި ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ބަލާއިރުގައި ވަރަށް ބޮޑަށް ސަމާލުކަންދޭ ދާއިރާއެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެއަށް ބޭނުންވާވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުމަށް ޚާއްސަ މަސައްކަތްތަކެއް ވެސް ސަރުކާރުން މިވަނީ ފަށާފައި” އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން އިތުރުކުރެއްވުމަށްޓަކައި ދަނޑުވެރިކަން ކުރަން ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމްކުރުމަށް، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ވަނީ ފަހުގެ ތާރީހެއްގައި އެއްބަސްވުމެއް ހަދައިފަ އެވެ.

ގާތްގަނޑަކަށް 700 މީހުންގެ އާބާދީއެއް ދިރިއުޅޭ ނިލަންދޫގެ އިގްތިސާދު ބިނާވެފައިއޮތީ ދަނޑުވެރިކަމުން ލިބޭ އާމްދަނީގެ މައްޗަށް ބަރޯސާވެފައެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ނިލަންދޫގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

raees muiz

ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

raees muiz

ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅުއްވައިފި