ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 54 އަހަރަށް ޖަލަށް ހުކުމް ކޮށްފި!

މަސްޖިދުއްނަބަވީގެ އިމާމު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ: ރައީސް

ފެނަކަ މެނޭޖިން ޑިރެކްޓަރު މުއާޒު މިއަދު އިސްތިއުފާ ދެއްވައިފި

214818 4 802eabc9158d7ccc0ec9440ac5ab2ea60636f5df Medium

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި މުއާޒް ވިދާޅުވީ މަގާމަށް އައްޔަން ކުރެއްވި ދުވަހުން ފެށިގެން ފެނަކައިގައި މަސައްކަތް ކުރެއްވީ އިހްލާސްތެރިކަމާއެކު ހަވާލު ކުރެވުނު މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ކަމަށެވެ

މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ހިނގުމުގައި ދިމާވި ތަފާތު ގިނަ ގުނަ ގޮންޖެހުންތަކާ އެކުގައި ވެސް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލް ކުރެވިފައިވޭ – މުއާޒް

ނަމަވެސް، ކުންފުނިތަކަކީ، އެ ކުންފުނިތަކަށް ލިބޭ އާމްދަނީއަކުން ހިންގަން ޖެހޭ ތަނަކަށް ވިއަސް ފެނަކަ ވެއްޓިފައިވާ މާލީ ހާލަތުން އެކަން ކުރުމަކީ މުސްތަހިިއްލު ކަމެއް ކަމަށް މުއާޒު ވިދާޅުވިއެވެ. ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މެއިންޓަނަންސްކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގު އެއްކޮށް ރަނގަޅު ކުރެވިފައި ނުވާ ކަމަށް މުއާޒް ވިދާޅުވިއެވެ.

ކުންފުންޏާ ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގެ 4.3 ބިލިއަން ރުފިޔާ އޮތުމާއި ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި ރައިޓް ސައިޒްކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާގުޅުން ހުރި އިދާރާތަކުން ނުލިބުމާއި ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހިފައިވާ ހަރަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.

މިހާލަތުގައި ވެސް ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަ ކުރުމަށް ގިނަ މަަސައްކަތްތަކެއް ކޮށްފައިވާނެ  – މުއާޒް

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އެއްޗެއްހަރަދުތަކުން ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ

 

ކުންފުނީގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށް، މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށް މުއާޒް ވިދާޅުވިއެވެ

މިދެންނެވި ހާލަތުން އަރައިގަތުމަށް ކުންފުނިން ތައްޔާރުކޮށްފައި އޮތް ޕްލޭންތައް ވާނީ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ހިއްސާ ކުރެވިފައެވެ. ނަމަވެސް މިކަމަށް އަލިމަގެއް މިއަދާ ހަމައަށް ވެސް ފެނިފައި ނުވާ ވާހަކަ ދެންނެވީމެވެ. އަދި ފާއިތުވި އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނު އިރު ވެސް ޖަމާކޮށްދެވިފައި ނުވާ ވާހަކަ ފާހަގަ ކުރަމެވެ. މިއީ ފަހުގެ ތާރީހެއްގައި މި ކުންފުނީގައި ހިނގާފައިވާ ކަމެއް ނޫން ކަން ވެސް ފާހަގަ ކުރަން- މުއާޒްގެ

ކުންފުނީގައި ހުރި ދަތިތަކާއި، ހާލަތުން އަރައިގަތުމަށް މަޝްވަރާކޮށް ގޮތެއް ހޯދުމަށް އެކި ފަހަރު މަތިން ފިނޭންސް މިނިސްޓްރީއަށް ދެންނެވިފައިވާނެ ކަމަށް ސިޓީގައިވެއެވެ

އެނގިވަޑައިގަންނަވާނެ ފަދައިން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ހިދުމަތްތަކުން އެންމެ ހިނދުކޮޅަކަށް ވެސް މަހުުރޫމުވާން ޖެހުން އެއީ، އޭގެ ސަބަބުން އަޅުގަނޑާއި ކުންފުންޏާއި އަދި މަނިކުފާނަށް ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތަކެއް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެ ކަމެއް – މުއާޒް

ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓިނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ވެއްޓިފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Large 172456603054urak

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

addu-flat

15 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް %40 ނިމިއްޖެ

397949 6b57dad9 e

ދިވެހީންނަކީ އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަކުރާނެ ބައެއް ނޫން: ގައްސާން

TTH Advertisement MTCC Advertisement