ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ސްރީ ލަންކާގެ އަރުގަމް ބޭގެ އިންޒާރާ ގުޅިގެން މިހާތަނަށް ދިވެއްސަކާއި 5 ސްރީލަންކާ މީހުން ހައްޔަރުކޮށްފި

1035x593 Ai5jqu5tfsya5b90i0wp0eel908bqdyyu9lkrajh

ސްރީ ލަންކާގެ އަރުގަމް ބޭގައި ފަތުރުވެރިންނަށް ދިން ނުރައްކާތެރިކަމުގެ އިންޒާރާ ގުޅިގެން މިހާތަނަށް ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ދިވެއްސެއް ހިމެނޭ ގޮތަށް ޖުމްލަ 6 މީހުން ހައްޔަރުކުރެވިފައިވާ ކަމަށް ސްރީލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ވިޖިތަ ހެރަތު ވިދާޅުވެއްޖެއެވެ.

އަރުގަމް ބޭ ސަރަޙައްދުގައި އެކި ހަމަލާތައް ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތާއި، ކޮލަމްބޯގެ މުހިންމު މާލީ ތަންތަނުގެ ފޮޓޯ ނެގުމުގެ ހާދިސާތަކާ ގުޅިގެން މިމީހުން ހައްޔަރުކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“މިހާތަނަށް އަޅުގަނޑުމެން ވަނީ 6 މީހުން ހައްޔަރުކޮށްފައި. އޭގެ ތެރޭގައި ދިވެއްސަކާއި 5 ސްރީލަންކާ މީހުން ބަންދުގައި ތިބި އިރު، ތަޙްޤީޤުތައް ކުރިއަށްދަނީ. ނަމަވެސް މިއީ ކޮން ބާވަތެއްގެ ޕްލޭނެއް ނުވަތަ ކޮން ކަމެއް ކުރަން އުޅުނު ބައެއްކަން އަދި ނުބުނެވޭނެ. އެއީ ހައްޔަރުކުރެވުނު 6 މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތުން އެފަދަ ނިންމުމަކަށް ނާދެވޭތީ. އެހެންވީމާ، ބޭކާރު ގޮތުގައި މާނަކުރުން ހުއްޓާލަން ޖެހޭ،” ހެރަތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރާއީލުން ދޯހާއަށް ދިން އުދުވާނީ ހަމަލާގައި ހަމާސްގެ ވަފުދުގެ އެއްވެސް ބޭފުޅަކު އަވަހާރައެއް ނުވޭ: ހަމާސް

112

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

112

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

66

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

TTH_advertisement ELL Mobile Advertisement