ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

1035x593 ai5jqu5Tfsya5B90I0wp0eEl908bQDyYu9lkraJh

2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ސިފައިންގެ މައި މަރުކަޒުގައި ޚާއްޞަ ރަސްމިއްޔާތެއްގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ އިތުރުން ޝަހީދުންގެ ހަނދާނުގައި ސުކޫތެއް ބޭއްވުމާއި، 7 ބަޑީގެ ސަލާމެއްވެސް އެރުވުން ބާއްވައިފިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި، އެމަނިކުފާނުގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސިފައިންގެ މައި މަރުކަޒުގެ ހުޅަނގު ދެކުނު ކަނުގައި 2012 ވަނަ އަހަރު ޤާއިމްކުރެވުނު މިބިނާއަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދެވުނު ޢުދުވާނީ ޙަމަލާއިން ނަޞްރު ލިބުމުގެ ހަނދާނުގައި ޤާއިމްކުރެވުނު ބިނާއެކެވެ. މިބިނާ ފަރުމާކުރެވިފައިވަނީ ސިފައިންގެ މައި މަރުކަޒަށް ޓެރަރިސްޓުން ވަނުމަށް ފާރުގޮއްވާލި ބައިގެ ނަކަލެއްގެ ގޮތުގައެވެ.

ބިނާގައި ފެންނަން ހުރި އައްޑަނައިން ރަމްޒުކޮށްދެނީ ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަން ދިފާޢުކުރުމަށް ސިފައިން ކުރި މަތިވެރި ޖިހާދެވެ. އައްޑަނައިގެ ވަށައިގެން ލިޔެފައިވާ ޤުރުއާން އާޔަތާއި އޭގެ ތަރުޖަމާއިން ދޭހަވަނީ ދިވެހި ސިފައިންނަކީ އިސްލާމީ މަތިވެރި އަޤީދާގެ ބާރުލިބިގެން ދީނާއި ޤައުމަށްޓަކައި ކޮންމެ ގުރުބާނީއަކަށްވެސް ތައްޔާރަށް ތިބި ބައެއްކަމެވެ.

ބިނާގައި ޖަހާފައިވާ 8 ދިދައިން ރަމްޒުކޮށްދެނީ އެދުވަހު ޝަހީދުވި 8 ސިފައިންނެވެ. އަދި ބިނާގެ ދެފަރާތުގައި ފަރުމާކޮށްފައިވާ 8 މާބޮނޑިން ފާހަގަކޮށްދެނީ އެ ސިފައިންގެ މަތިވެރި ގުރުބާނީއާއި ޒިކުރާއެވެ. މިދުވަހަކީ 6 ދިވެހި ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަކުރަން އުޅުނު ދުވަހެވެ. މިޙަމަލާގައި ސިފައިންގެ 8 ބޭކަލުންނާއި އާންމު 11 ރައްޔިތުން ޝަހީދުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމަ ހުއްޓާލަން ދިވެހި ސަރުކާރުން ގޮވާލައިފި

police

ޖިންސީ ކުށެއްގައި ދެ ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

މާރިޗު އަދި އޭޕްރީލް މަހަކީ ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު، ސަމާލްވޭ!