ކުއްލި ޚަބަރު

ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު 959 ނެނޯސްޓިކާއެކު ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

ބްރޯންޒު އެވޯޑު އުމައިރަށް

Large thumb

ޔޫތު މިނިސްޓްރީން ދޭ “މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް”ގެ 2024 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ބްރޯންޒް އެވޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަރިކަލުން އަދި ކުޅަދާނެ ޓީޓީ ކުޅުންތެރިޔާ މުހައްމަދު އުމައިރު މުއިއްޒަަށް ލިބިއްޖެއެވެ.

އުމަރު މި ކެޓަގަރީން ނޮމިނޭޓުކުރީ 2024 ވަނަ އަހަރު އޭނާ ހޯދި ކާމިޔާބުތަކުގެ މައްޗަށް ބިނާކޮށް ގައުމީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ. އެ އެސޯސިއޭޝަނުން އެ ކެޓަގަރީން އުމައިރު ނޮމިނޭޓުކުރީ 2024 ވަނަ އަހަރު ރާއްޖޭގެ މުބާރާތްތަކާއި ބޭރުގެ މުބާރާތްތަކުގައި އުމައިރު ހޯދި ކާމިޔާބުތަކުގެ މައްޗަށް ބިނާކޮށެވެ.

މި ކެޓަގަރީން ގޯލްޑް އެވޯޑު ހާސިލުކުރީ މުހައްމަދު ރިހާން ޝަހީމެވެ. އޭނާއަކީ ފެތުންތެރިއެކެވެ. އަދި ސިލްވާ އެވޯޑު ހާސިލުކުރީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޒީކް ހަސަން ލަތީފެވެ.

މިއީ ރާއްޖޭގެ ރައީސެއްގެ ބޭފުޅަކަށް ކުޅިވަރުގެ ގައުމީ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑަށް އުމައިރު ނޮމިނޭޓުވުމުން ބައެއް ފަރާތްތަކުން ކަމުގެ ހަގީގަތް އޮޅުވައިލަން މަސައްކަތްކުރި ނަމަވެސް 2024 ވަނަ އަހަރު އޭނާ ހޯދި ކާމިޔާބުތަކުގެ ހިސާބުތަކާއެކު ޓީޓީ އެސޯސިއޭޝަނުން ބުނެފައިވަނީ އޭނާގެ ނަން ހުށަހަޅާފައިވަނީ އެ ކާމިޔާބުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފުވެސް ވިދާޅުވެފައިވަނީ އުމައިރަކީ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިއަކަށްވުމުގެ އިތުރަށް އޭނާއަކީ އެހެނިހެން ބައެއް ކުޅިވަރުތައްވެސް ކުޅެެމުންދާ ކާމިޔާބު ކުޅުންތެރިއެއް ކަމަށެވެ. އަދި އުމައިރަކީ އެމްޑީޕީ ސަރުކާރުން ހިންގި އަރުތަ ޕްރޮގުރާމަށް ހޮވުނު މޮޅު އެތުލީޓެއްކަން މަހުލޫފު ފާހަގަކުރެއްވިއެވެ.

އެހެނިހެން

ދިވެހި ޑައިވަރު ޝަފްރާޒް ދުނިޔޭގެ ރެކޯޑެއް

ޝިފާން އާއި ސިނާންގެ ހާފިޒްކަމުގެ ތާޖު

އާޠިފް އެންމެ ކުރީސަފުގައި ގުނާލެވޭ ކާމިޔާބު ފުޓްސަލް ކޯޗެއް

ޝައިރީ، ޤުރުއާން ކިޔެވުމުގެ ރޮނގުން އަރަމުން އަންނަ ރަންތަރިއެއް

TTH_advertisement