ކުއްލި ޚަބަރު

ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ނަން މީރާއިން އާއްމުކޮށްފި

ނޭދެވޭ އިޖުތިމާޢީ ބަލިތަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ޢިލްމު ލިބިގެންވާ މީހުންގެ ޒިންމާއެއް: ރައީސް

އެޗްޑީސީގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ

ރަށު ސްކޫލުން – ޓްރީޓޮޕް ހޮސްޕިޓަލުގެ ލެބޯޓްރީ އިންޗާޖަށް: އިމްރާނާ ޢަބްދުލްޢަލީމްގެ ކާމިޔާބީގެ ދަތުރު

Imrana

އިމްރާނާ ޢަބްދުލްޢަލީމް އަކީ މ. މުލީ ފަރިމާ، ޢަބްދުލްޢަލީމް އާއި ސަހީބާ މުހައްމަދުގެ 4 ވަނަ ދަރިފުޅެވެ. ސްކޫލްގައި ކިޔަވަމުން ލެބޯޓްރީ ކަންކަމަށް ޖެހުނު ލޯތްބާއި އެކުގައި ފެށި ދަތުރުގައި، މިއަދު އިމްރާނާ އަކީ ރާއްޖޭގެ އެންމެ ޒަމާނީ އަދި ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލުގެ ލެބް އިންޗާޖެވެ. މިއަދު އެއީ ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަޖުރިބާކާރު ފަންނުވެރިއެކެވެ.

ރަށު ސްކޫލުން ޕްރައިމަރީ ލެވެލްއަށް ކިޔަވައި، ސާނަވީ ތަޢުލީމް ހާސިލްކުރުމަށް އިމްރާނާ ބަދަލުވީ މާލެއަށެވެ. އަމީނިއްޔާ ސްކޫލުން ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު، ސީ.އެޗް.އެސް.އީ އިން އޭ ލެވެލް ނިންމައި، ލެބޯޓްރީ ދާއިރާއިން ކެރިއަރ އެއް ބިނާކުރުމަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ނިންމީ އިމްރާނާގެ ބައްޕަގެ ލަފާގެ މަތިންނެވެ.

8f9fc731 C347 454e 947d 4360f4327a47
އިމްރާނާ ގުރެޖުއޭޝަންގެ ތެރެއިން

ސްކޫލް ދައުރުގައި އުފެދުނު “ކިއުރިއޮސިޓީ”

އިމްރާނާ ހާމަކުރި ގޮތުގައި “މައިކްރޮސްކޯޕް މެދުވެރިކޮށް ހަމަ ލޯމައްޗަށް ނުފެންނަ ވަރުގެ ކުދިކުދި މައިކްރޯބްތައް ފެންނާނެކަމުގެ ޝައުޤުވެރިކަން އުފެދުނީ ސްކޫލު ދައުރުގައެވެ. “އޭ ލެވެލް ކިޔަވަމުން ދިޔައިރު އެ ޝައުގުވެރިކަން އިތުރުވި. ލެބޯރެޓްރީ ދާއިރާއަށް ބޮޑަށް ލޯ ހުޅުވައިދިނީ ބައްޕަ. އެމް އެން ޔޫ ގައި މި ދާއިރާއިން ކިޔެވެން އޮތްކަން ވެސް އެނގުނީ ބައްޕަގެ ފަރާތުން. ބައްޕަގެ އެޑްވައިސްގެ ދަށުން މި ދާއިރާއިން ކެރިއަރ އެއް ބިލްޑް ކުރަން ނިންމީ”

މިގޮތުން ރާއްޖެއިން ޑިޕްލޮމާ ހެދުމަށް ފަހު އުފަން ރަށް، މުލީ ،ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރުމަށްފަހު އިންޑިއާގެ ރަޖީވް ގާންދީ ޔުނިވާސިޓީއިން ބެޗްލަރ އޮފް ސައިންސް އިން މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖީ ކިޔަވައި ކޯހުން 2 ވަނަ ހާސިލްކުރިއެވެ. އިމްރާނާ ދެކޭ ގޮތުގައި މިއީ އޭނާގެ ތަޢުލީމީ ދައުރުގައި ލިބުނު އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރެއްވުމަށްފަހު، ޓްރީޓޮޕް ހޮސްޕިޓަލާ ގުޅިވަޑައިގަތީ ހޮސްޕިޓަލް ހުޅުވުމުގެ 7 މަސް ކުރިން ލެބޯޓްރީ ޓެކްނީޝަނެއްގެ ގޮތުގައެވެ. މިއަދު އިމްރާނާ އަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޗީފް މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓެވެ. ” ލެބް ސައިންސް ނުވަތަ ލެބް ޓެކްނޮލޮޖީގެ އިތުރުން ލެބް މެނޭޖްމަންޓަށް ލޯހުޅުވި އެކަން ތަޖުރިބާކުރަން ޓޮރީޓޮޕް ހޮސްޕިޓަލުން ފުރުސަތުލިބުނު. މި ހޮސްޕިޓަލުގައި ހޭދަވި ދުވަސްތަކުގައި އަޅުގަނޑަށް ލިބުނު ކޮންމެ ކުރިއެރުމަކީ އަޅުގަނޑަށާއި އަޅުގަނޑުގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް” އޭނާ ވިދާޅުވިއެވެ.

އާއިލާގެ އެހީތެރިކަން ވަރަށް މުހިއްމު

މިހާރު މެނޭޖްމަންޓުން މާސްޓަރސް ޑިގްރީ ހާސިލުކުރަމުންދާ އިމްރާނާ ވިދާޅުވީ ޢާއިލީ ޒިންމާތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ހަމަހަމަކުރުމަކީ ގޮންޖެހުމެއް ކަމަށެވެ. އަދި މި ވޯކް ލައިފް ބެލެންސް ކުރުމަށް އާއިލާ އަދި އޮފީހުން ލިބޭ އެހީތެރިކަމަށް އިމްރާނާ ޝުކުރުވެރިވެއެވެ. އޭނާގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ދެކެނީ މައިންބަފައިންނާއި ޢާއިލާއިންދޭ އެހީތެރިކަމެވެ.

“ގިނަ ޗެލެންޖްތަކަކާއި އެކު ކިޔަވާ ނިންމާލެވުނީވެސް، ރާއްޖެއިން ބޭރުގައި ކިޔެވަން ހުރިއިރު ދަރިފުޅު ބަލަމުން ޔުނިވާސިޓީގައި ކިޔެވީ. އާއިލާ އަދި ރަށްޓެހިންގެވެސް އެހީއިން، ހާއްސަކޮށް އަޅުގަނޑުގެ ކޮއްކޮ، އެގްޒާމް ދުވަސްވަރު އައިސް ދަރިފުޅު ބަލައިދީ ހެދީ”

“މިހާރު ފުރިހަމަކުރަމުންމިދަނީ މެނޭޖްމަންޓްގެ މާސްޓާރސް، އެއީވެސް ވަރަށްބޮޑު ޗެލެންޖެއް. އެކަން ފަސޭހައިން ކުރެވެމުންމިދަނީ ފިރިމީހާގެ އެހީތެރިކަމާއެކީގަ. ހަގީގަތުގަ ޒިންމާބޮޑު މިވަޒީފާގެ ކޮންމެ ދުވަހަކީވެސް ޗެލެންޖެއް. އާއިލާގެ ކަންކަމަށް ވަގުތު ދެމުން ވަޒީފާގެ ޒިންމާ އަދާކުރުމަކީ އުނދަގޫކަމެއް. އެހެންނަމަވެސް ކޮންމެދުވަހަކީވެސް އައު ތަޖުރިބާއަކާއި ގިނަ ކަންތައްތަކެއް ދަސްވާ ދުވަހެއް. މިކަމުގަ ކުރިއަށްދާހިއްވާ އެއްސަބަބަކީ އެއީ”

D2ebdc58 3405 461b 8ec2 63e40e367e66
އިމްރާނާ އާއިލާއާއި އެކު

ޒުވާނުންނަށް އިމްރާނާގެ މެސެޖް

ސިއްޙީ ދާއިރާއަށް އަލަށް ވަންނަ ޒުވާނުންނަށް އިމްރާނާ ދެއްވާ މެސެޖަކީ ކެތްތެރިކަމާއެކު މަސައްކަތްކޮށް، ޝައުގުވެރިކަން ހުންނަ ދާއިރާގެ ފުރުސަތުތައް ހޯދައި، ކުރިއަށް ދިއުމަށެވެ.  އަދި މި ދާއިރާގައި ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެހެނިހެން

އިތުރު ލިޔުމެއް ނުފެނުނު
MTCC Advertisement TTH Advertisement