ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނީ މި މަހުގެ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯގެ ސައިޓެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ މައްސަލަ ޖެހިގެން އައި ދުވަހުގެ ހަވީރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމައެއްނުކުރެ އެވެ.
ކިޔުންތެރިންގެ ހިޔާލު