ލ. ގަމު ތުނޑީ އާބާދު ސަރަހައްދުގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މި ރަސްމިއްޔާތުގައި ލ. ގަމު ކައުންސިލުގެ އިސްވެރިންނާއި އެ ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެލައްވާފައެވެ.
700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެކެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާ ހުޅުވިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު