ކުއްލި ޚަބަރު

ގެއްލުނު އިމްތިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ، ހާލު ރަނގަޅު

ސައުދީ ރަސްގެފާނުގެ އެހީގައި ރާއްޖޭގައި ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުމެއް ދެނީ

ޣައްޒާގައި ދިވެހީންގެ އެހީގައި ބިނާކުރި އިތުރު ވަގުތީ މިސްކިތެއް ހުޅުވައިފި

އެމްޑީޕީގެ މައްސަލައަކީ ހަރުދަނާ ލީޑަރޝިޕެއް ނެތުން: ސަޢީދު

PNC Saeed
އިޤްތިޞާދީ ވަޒީރު ސަޢީދު، ޕީއެންސީ ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަނީ

ސަރުކާރު ޒިންމާދާރު ނުކުރެވިގެން އިދިކޮޅު އެމްޑީޕީން އުޅެނީ އެޕާޓީގެ މެޖޯރިޓީ ނެތިގެން ނޫންކަމަށާއި، އިދިކޮޅުގައި ނެތީ ހަރުދަނާ ލީޑަރޝިޕެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ރޭ މާފަންނު އުތުރު ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޕީއެންސީގެ ތެރޭގައި ވަރަށް ތަޢުލީމީ ކެންޑިޑޭޓުންނާއި، ވަރަށް ތަޖުރިބާހުރި ކެންޑިޑޭޓުންނާއި، ވަރަށް ޒުވާން ކެންޑިޑޭޓުންވެސް އެބަތިބިކަމަށެވެ. އެ ކެންޑިޑޭޓުންގފެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ކަންކުރެވޭނެ ބޭފުޅުންވެސް އެބަތިބިކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެފަދައިން އެމްޑީޕީގެ ތެރޭގައިވެސް އެފަދަ ތަޢުލީމީ ކެންޑިޑޭޓުންވެސް ތިބެދާނެކަމަށާއި، ނަމަވެސް އެޕާޓީގައި މަދުވަނީ ހަރުދަނާ ލީޑަރޝިޕެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަދު އެ ދެޕާޓީއަށް ވިސްނާލާއިރު، އެންމެ ހަރުދަނާ ލީޑާރޝިޕެއް އޮތީ ޕީއެންސީގައިކަމަށާއި، ރާއްޖޭގަ ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢަމަލުކުރައްވާ ގޮތަކީ މިއަދު އެންމެ ރަނގަޅުގޮތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސް ގެންދަވަނީ ނަތީޖާ ނެރެދެއްވަމުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިދިކޮޅިން މެޖޯރިޓީ ނެތިގެނެއް ނޫނޭ ޒިންމާދާރު ނުކުރެވިގެން މިއުޅެނީ. އިދިކޮޅުގެ އިދިކޮޅުގެ ހިންގުމުގެ މައްސަލައެއް އެބައުޅޭ އިނގޭތޯ. ލީޑަރޝިޕެއް ނެތް ހަގީގަތުގައި. ޑިމޮކްރެޓިކް ނިޒާމެއްގައި މުހިންމު ހަރުދަނާ…މިީ..ޒަމާނީ… ހަރުދަނާ.. ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން. އެހެންނަމަވެސް އެމްޑީޕީގެ.. މިއިދކޮޅު ޕާޓީގެ.. އެމްޑީޕީގެ ވިސްނުމެއް މިއަދަކު ނެތް އިނގޭތޯ!

އިޤްތިޞާދީ ވަޒީރުު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގައި އައު ވިސްނުމެއް ނެތް ކަމަށާ އިންތިޚާބަކުން އެ ޕާޓީއަށް ފުރުސަތު ދޭންޖެހޭ ސަބަބެއް ނެތްކަމަށެވެ. އެމްޑީޕީއަށް ރައްޔިތުން ފުރިހަމަ ބާރު ދިން ކަމަށާ ނަމަވެސް އެބާރު ލިބުމުން ކަންކަން ވީގޮތް ހަނދާން ނެތޭހާ ދުވަސް ނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު ދައުލަތުގެ ރިޒާވް ގައި 15 ދުވަހު ކާބޯތަކެތި ގަންނާނެ ފައިސާ ނެތް ކަމަށް ސަޢީދު ވިދާޅުވި އެވެ. އަދި ޑިމޮކްރެޓިކް ނިޒާމަށް އެ ޕާޓީން އިސްވެ ދިން ގެއްލުން ފެންނަން އެހުރީ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

މާފަންނު އުތުރު ދާއިރާގެ ޖަގަހަ ފަސްޓްލޭޑީ ހުޅުވައިދެއްވައިފި

IBRAHIM SHALEEZ

ކ. ގުރައިިދޫ ކައުންސިލްގެ ގޮނޑިވެސް ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެ

PNC

ކޮންގްރެސްއަށް، ވޯޓެއް ނެތި 70 ގޮނޑި ކަށަވަރުވެއްޖެ

TTH_advertisement