ކުއްލި ޚަބަރު

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

ސަން ސިޔާމްގެ މަންމާފުޅުގެ ހަނދާނުގައި ކެނދިކުޅުދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް

ތޫނު ހަތިޔާރަކުން ފުލުހަކަށް ހަމަލާދިން މައްސަލައެއްގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަޅު، ނޫރު، އަލީ ޝަހީމް (27އ) އެވެ. ފުލުހުން އޭނާއަށް ކުރަނީ ތޫނު ހަތިޔާރުން މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން ވަނީ އިއްޔެ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކުރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

ކުރިމިނަލް ކޯޓުން އެގޮތަށް އަމުރުކުރީ އަލީ ޝަހީމުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުވާ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާތީއެވެ. އެ ހެކިތަކަކީ ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، އަނިޔާ ލިބުނު މީހާގެ ބަޔާނުގެ އިތުރުން ފޮޓޯތަކާއި ވީޑިއޯތަކެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އަލީ ޝަހީމް، ހަމަލާދީފައިވަނީ ފުލުހަކަށެވެ. ފުލުހުން ކޯޓުގައިވެސް ބުނެފައިވަނީ އެގޮތަށެވެ.

އަލީ ޝަހީމްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެހެންވެ އޭނާ ބަންދުގައި ބަހައްޓަންޖެހޭކަން އަމުރުގައި ފާހަގަކުރިއެވެ. އަދި ގޭންގު ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންވެސް އަލީ ޝަހީމް ބަންދުކުރަންޖެހޭކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުން، އަލީ ޝަހީމް ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށްކަމަށް އަމުރުގައި ބުންޏެވެ. އަދި އޭނާއަކީ ބަންދުގެ ރިކޯޑާއި، ހައްޔަރުގެ ރިކޯޑު އޮންނަ ފަރާތެއްކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

vehicle parking

އަނެއްކާވެސް ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ނަގަނީ

police

48 ގަޑިއިރު ތެރޭ 300 އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފި

ސްޕެޝަލް ކޮންސްޓެބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފި

ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގުން ޑީސީޕީ ފަރުހާދަށް ޙަވާލުކުރައްވައިފި

TTH_advertisement