ކ. ހިންމަފުށި ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ.
މިކަމަށްޓަކައި ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމްއެވެ.
މިދަތުރުގައި މިނިސްޓަރު ނާޒިމް ވަނީ ހިންމަފުށި ޞިއްޙީ މަރުކަޒަށް ޒިޔާރާތްކުރައްވާ، އެތަނުގެ ހާލަތު ބައްލަވާ ލައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޞިއްޙީ މަރުކަޒުގެ ޚިދުމަތް ދިނުމުގައާއި، މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މިނިސްޓަރު މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ހިންމަފުށި ޞިއްޙީ މަރުކަޒުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ވެސް ހަފްލާއެއް ވަނީ ބާއްވާފައެވެ.
ސަރުކާރުން އަންނަނީ އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގައި މީގެކުރިން ނުދޭ ބައެއް ހިދުމަތްތައް ތައާރަފްކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު