ހުޅުމާލޭގައި ޕިކަޕެއް މަރާމާތުކުރަން އުޅުނު މީހަކު އެ ޕިކަޕުގެ ދަށުވެގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާޅޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމަށް އެ ޕިކަޕު ދަށަށް ވަދެ އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓިގެން، އެ ކަމުގެ ރިޕޯޓު އިއްޔެ ހެނދުނު، 11:05 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.
އެ މީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ހުޅުމާލޭ ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މަރުވީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު