ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފާޠިމަތު ރީމާ (35އ)އެވެ.
ފުލުހުން ބުނީ، ރީމާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޑިސެންބަރު 29 ވަނަ ދުވަހު ކަމަށެވެ. އޭނާގެ މައުލޫމާތު ފުލުހުން ހާމަކުރީ މިއަދެވެ. އޭނާ ބަންދުގައި ބަހައްޓަން އެންމެ ފަހުން ޖެހި މުއްދަތު ހަމަވާނީ މި މަހު 28 އަށް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި، ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވެނީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިން “ގްރޫމް” ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ މީހުންނާ މެދު ފުލުހުން ޚާއްސަ އިސްކަމެއް ދީގެން ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.
އެ ފަދަ މީހުންނަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު