ކުއްލި ޚަބަރު

ޕޮލިސް ކޮމިޝަނަރު ނަވީން ރިޓަޔާކުރައްވަނީ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގާ އިސް މީހަކު ހައްޔަރުކޮށްފި

ބޮޑުތަކުރުފާނުމަގު ގަސް އިންދުމުގެ ހަރަކާތެއް

Screenshot 2026 02 16

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ނިމުން ފާހަގަކުރުމުގެ ގޮތުން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްޘަލިބާއި، ސަރުކާރުގެ ވަޒީރުންނާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހި ނިންމައި އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 16 ފެބްރުވަރީ 2026 ގައެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ އުތުރުފަރާތު މަގުތަކަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމާއި، ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި މަގުގައި ތާރުއަޅައި، ހިނގާ މީހުންނަށް ދުވާރު ހަދައި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ ސަބަބުން ވިއްސާރަ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، އެއްގަމު ތޮށި އާކުރުމުގެ ސަބަބުން އޮޑިދޯނިފަހަރަށް މުދާ ބަރުކުރުމާއި ބޭލުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 830 މީޓަރުގެ މަގު ހަދައި 8 ޑިސެމްބަރު 2025 ގައި ހުޅުވާލާފައިވާއިރު، ދެވަނަ ފިޔަވަހީގައި 254 މީޓަރުގެ މަގު ވަނީ ތަރައްޤީކޮށްފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދެ ފިޔަވަހިވެސް ވަނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އަވަހަށް ނިންމާލާފައެވެ. މި މަސައްކަތުގެ ތެރޭގައި ޝީޓް ޕައިލް ކުރުމާއި، މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާންތައް ކުރެހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަގޫދޫގައި ތަރައްޤީކުރާ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

ބާޒާރުމަތީ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި، އަންނަ ހަފުތާގައި ހުޅުވާލާނެ

625265956 122120508921093322 1740966254694274291 n

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

66

އުނގޫފާރާއި ދުވާފަރާ ދެމެދު ފެރީގެ ދަތުރުތައް އިތުރުކުރަނީ

TTH_advertisement