ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް، ޒިޔާރަތް ކުރައްވައިފިއެވެ.
އެމަނިކުފާނު އެމްބަސީއަށް ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވީ، ދިވެހިރާއްޖެއިން ޖަރުމަނު ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝާން ޝާކިރާއި، އެމްބަސީގެ މުވައްޒަފުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުގައި ޖަރުމަނުވިލާތަށް ވަޑައިގެންނެވި މަތީފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމްބަސީގައި އޮންނަ މެހްނާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމްބަސީގެ މުވައްޒަފުންގެ މަސައްކަތާ ބެހޭގޮތުންނާއި، އެބޭފުޅުންގެ ދިރިއުޅުއްވުމާއި ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު