ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުމަކީ ޤައުމީ ތަރައްޤީގެ މައި ތަނބު: ރައީސް

raeees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ސައިންސްގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިންގެ ދައުރު ފުޅާކުރުމަކީ، މުޅި ދުނިޔެއަށް ފައިދާހުރި ޢިލްމީ ހޯދުންތައް ހޯދުމަށް އެޅޭ އެންމެ ވަރުގަދަ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ، ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ތަރައްޤީގެ މިސްރާބު ހިފަހައްޓައިދިނުމުގައި ފަންނީ ރޮނގުތަކުން އަންހެނުން ބާރުވެރިކުރުވުން މުހިންމު ދައުރެއް އަދާކުރެއެވެ. ވަކިން ޚާއްޞަކޮށް މޫސުމީ ބަދަލުތަކާއި، ސިއްޙީ ގޮންޖެހުންތަކާއި، ހަކަތައިގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް އަދި ސައިބަރ ސެކިއުރިޓީ ފަދަ ޒަމާނީ މައްސަލަތަކަށް ޙައްލު ހޯދުމުގައި އަންހެނުންގެ ޙިއްސާ ކޮންމެހެން ބޭނުންތެރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން މަތީ ތަޢުލީމާއި ސްކޮލަރޝިޕް އަދި ފަންނީ ތަމްރީނަށް ދެމުންދާ ޚާއްޞަ އަހަންމިއްޔަތުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ގެ މާއްދާތަކާއި މެރިން ސައިންސް ފަދަ ދާއިރާތަކަށް ދިވެހި އަންހެނުންގެ ޝައުޤުވެރިކަން އިތުރުވެ، އެ ދާއިރާތަކަށް ވަންނަ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އަދި މި ދާއިރާތަކުގައި ހުރި ހުރަސްތައް ނައްތާލައި، ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ހުނަރާއި ޝައުޤު ހުރި ދިމާލަކުން ކުރިއަށް ދިއުމަށް ބޭނުންވާ ތަޢުލީމާއި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ޑިޖިޓަލް ހުނަރުތައް ތަރައްޤީކޮށް، ދިރާސާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއިން، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ ޒުވާން އަންހެން ކުދިންނަށް އައު ފުރުޞަތުތައް ހުޅުވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ އަމާޒަކީ ޤައުމުގެ އީޖާދީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބަޔަކަށް އަންހެނުން ހެދުމެވެ. ކޮންމެ އަހަރެއްގެ ފެބްރުއަރީ 11 ވަނަ ދުވަހަކީ ސައިންސްގެ ދާއިރާއިން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން އދ. އިން ކަނޑައަޅާފައިވާ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވައިފި

muiz

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް

ތެރަޕީތަކަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރަނީ

raees muiz

ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

TTH_advertisement