ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ފަސް ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރަން ކޮމިޓީއަށް

majilis

ބޭރުގެ ފަސް ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި ސިޓީ ރިޔާސަތުން ވަނީ އިއްވާފައެވެ. އެ ސިޓީގައި ވަނީ ފަސް ގައުމަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ރުހުން ދެއްވުމަށެވެ

ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރާ ގައުމުތަކަކީ:

ކިއުބާއަށް – އަބްދުލްޣަފޫރު މުހައްމަދު
ބްރެޒިލްއަށް – ޑރ. އަލީ ނަސީރު މުހައްމަދު
މެކްސިކޯއަށް – ޝިރިޒިމަތު ސަމީރު
އޮމާން – އަހުމަދު ސަރީރު
އަރްމީނިއާ – މުހައްމަދު ހުސައިން ޝަރީފް
އަބްދުލްޣަފޫރު މުހައްމަދަކީ މިހާރު އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ. އަބްދުޣަފޫރު ވަނީ އެމެރިކާގެ ޓަފްޓްސް ޔުނިވަސިޓީގެ ފްލެޗަރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާރސް ހާސިލުކުރައްވާފައެވެ. އޭނާ ވަނީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖްގެ މަގާމު އަދާކުރައްވާފައެވެ. އެމެރިކާގެ ސަފީރުކަމަށް އައްޔަންކުރީ 2022 ވަނަ އަހަރުގައެވެ.

އަދި ޑރ. އަލީ ނަސީރަކީ އެކުވެރި އަރަބި އެމިރޭޓްސްއަށް ކަނދައަޅުއްވާފައި ހުންނެވި ދާއިމީ މަންދޫބެވެ. އަލީ ނަސީރު އަކީ 1985 ވަނަ އަހަރުގެ މެއި މަހު އެ ވުޒާރާއާ ގުޅިވަޑައިގެންނެވި ފަހުން އެ ވުޒާރާގެ އެކި މަގާމުތައް ފުރުއްވި ބޭފުޅެކެެވެ. އެގޮތުން މޯލްޑިވްސް ޑިޕްލޮމެޓިކް މިޝަންތަކުގައި ފޮރިން ސެކްރެޓަރީގެ މަގާމު ހިމެނޭ ގޮތަށް ނޮވެމްބަރު 2013 އިން ޖުލައި 2017 އަށް ފޮރިން ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

އަދި އެމެރިކާގެ އަދ ގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމާއި އަދި ޖުލައި 2017 އިން މެއި 2019 އަށް ކެނެޑާގައި ހުންނަވާ ހައިކޮމިޝަނަރުގެ މަގާމުގައިވެސް އޭނާ ފުރުއްްވިއެވެ. އަދި އެ ވުޒާރާގެ ސެކްރެޓަރީ، މަލްޓިލޭޓަރަލްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލެސްޓާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މި ބޭފުޅުންނަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް މަޚްލޫފު ޢައްޔަންކުރައްވައިފި

ކަޒަކިސްތާން ސަފީރަކަށް އަޒީމާ، މޮރިޝަސްއަށް މަސްޢޫދު އައްޔަން ކުރައްވަން ފާސްކޮށްފި

ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ކަނޑައެޅުއްވި މުޙައްމަދު ލުވޭޒު، ސަފީރުކަމުގެ ފަތްކޮޅުއަރުވައިފި

ރާއްޖެއިން ސްވިޓްޒަލޭންޑަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

TTH_advertisement