ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ޤައުމުން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ޤައުމެއްގައި ތިބޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލު ބެއްލެވުމަކީ އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން، މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސްއާ ވަކިވަކިން ބައްދަލުކޮށް، އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަން ސީދާ ރައީސްއާ ހިއްސާކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދެއްވާފައެވެ.
ޖަރުމަނުގެ ރައީސްގެ ދަޢުވަތަކަށް ރައީސް މުޢިއްޒު ކުރައްވާ މި ދަތުރުފުޅަކީ، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރައްވާ މުހިންމު ދަތުރުފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު