ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ “ނޭޝަނަލް ސެންޓަ ފޯ ނިއުރޯސައިންސަސް އެންޑް ސްޓްރޯކް” އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ ނިއުރޮލޮޖީ އާއި ނިއުރޯސާޖަރީ އަދި ޕީޑިއަޓްރިކް ނިއުރޮލޮޖީ ޑިޕާޓްމަންޓާއި މެނޭޖްމަންޓް ގުޅިގެން ކުރި މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ނާރުގެ ބަލިތަކަށް ދެވޭ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އެ ސެންޓަރު އިއްޔެ އިފްތިތާހުކޮށްފައިވާ ކަމަށެވެ.

އެ ސެންޓަރުގެ ސަބަބުން ކުރިމަގުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ އެންމެ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ސިކުނޑި އާއި މައިބަދައިގެ އޮޕަރޭޝަންތައް ކުރުމުގެ ފުރުސަތު މަގުފަހިވާނެއެވެ. އަދި ސްޓްރޯކް ޖެހޭ ބަލި މީހުންނަށް މުޅި ރާއްޖެ ގުޅުވާލެވޭ ނިޒާމެއްގެ ތެރެއިން އަވަސް ފަރުވާ ފޯރުކޮށްދެވޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އަތޮޅު ހޮސްޕިޓަލްތަކާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ ޕްރޮގްރާމްތަކުގެ ސަބަބުން، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ކަމަށް ވިޔަސް، ފެންވަރު ރަނގަޅު ނާރުގެ ފަރުވާ ކޮންމެ މީހަކަށް ވެސް ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ.

ނާރުގެ ބަލިތަކާ ގުޅުންހުރި ފަރުވާތަކާއި އާ އޮޕަރޭޝަންތައް މިދިޔަ އަހަރުގެ ތެރޭގައި ފެށުމާއެކު، އެ ބަލިތަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާ މީހުންގެ އަދަދު މިހާރު މަދުވެފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ނާރުގެ ބަލިތަކަށް ދޭ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޓްރޯކް ސެންޓަރުގެ ޖާގަ އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް ލިބެން ނެތް ހާއްސަ ލެބޯޓްރީ ޓެސްޓުތަކުގެ އިތުރުން ވީޑިއޯ އީއީޖީ އާއި ނިއުރޯ ނެވިގޭޝަން ގައިޑެޑް ސާޖަރީ އަދި ނިއުރޯސާޖިކަލް އައިސީޔޫ ފަދަ މުހިންމު ހިދުމަތްތައް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެއިތުރުން އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ގޮތުން އެންޑޯވަސްކިއުލާ ދާއިރާއިން ޑޮކްޓަރުން ތަމްރީން ކުުރުމަށް ދެ އަހަރު ދުވަހުގެ ފެލޯޝިޕް ޕްރޮގްރާމެއް އެ ސެންޓަރު މެދުވެރިކޮށް ހިންގުމަށް ވަނީ ނިންމާފައެވެ.

އެ ސެންޓަރުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ނާރުގެ ބަލިތައް ދުރާލާ ދެނެގަތުމާއި އެކަމަށް ބޭނުންވާ ފިޔަވަޅުތައް އަވަހަށް އެޅުމަށް އިސްކަންދީ އަދި ރާއްޖޭގައި އެ ފަރުވާތައް ހަރުދަނާކޮށް، ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ މީހުންގެ އަދަދު މަދުކުރުން ހިމެނޭ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި، ހާއްސަކޮށް ކުޑަކުދިންނަށް ދިމާވާ ނާރުގެ އަދި ސިކުނޑީގެ ބަލިތައް ދުރާލައި ދެނެގަނެވި ފަރުވާ ފެށިއްޖެނަމަ، އެކަމުގެ ސަބަބުން ދިމާވާ ނުކުޅެދުންތެރިކަން ކުޑަކުރެވޭނެތީ އާންމުން ހޭލުންތެރި ކުރުވުމާއި އިތުރު މަސައްކަތްތައް ވެސް އެ ސެންޓަރުން ކުރިއަށް ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި

Igmh

ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށް އައިޖީއެމްއެޗުގައި ޚިދުމަތް ދޭން ފަށައިފި

Image 20

ތެލަސީމިއާ ސެންޓަރު ކުރިން ހިންގި އިމާރާތުގައި ޖީޕީ ކުލިނިކެއް ހަދަން ނިންމައިފި

TTH_advertisement