ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ގްރޭޓަރ ބޭ އެއަރލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފި

އީސްޓް އޭޝިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހޮންކޮންގ-ގެ ގްރޭޓަރ ބޭ އެއަރލައިންސް އިން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފިއެވެ.

މި އެއަރލައިންގެ ފުރަތަމަ ފްލައިޓް (HB2500) ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އިއްޔެ (8 ފެބްރުއަރީ 2026) އެވެ. މި ފްލައިޓުން ޖުމްލަ 174 ފަސިންޖަރުން ރާއްޖެ އައިސްފައިވާއިރު، ފްލައިޓް ޖެއްސުމާއެކު ވަނީ ވޯޓާ ސެލިއުޓަކުން މަރުހަބާ ކިޔާފައެވެ.

މި ދަތުރުތަކުގައި ގްރޭޓަރ ބޭ އެއަރލައިންސް އިން ބޭނުންކުރާނީ ބޮއިންގ 737 މެކްސް (Boeing 737 MAX) މަރުކާގެ ބޯޓުތަކެވެ. މިއީ ހޮންކޮންގ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށި ދެވަނަ އެއަރލައިނެވެ. މިކަމުން ދައްކުވައިދެނީ ހޮންކޮންގ މާކެޓުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަ ކަމެވެ.

މި އައު ދަތުރުތަކާއެކު އެ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކާއި އިޚްތިޔާރުތައް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

macl

އެމްއޭސީއެލް އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން އެވޯޑެއް ތަޢާރަފު ކޮށްފި

ރޭސިން އެރީނާގެ ބިން ހިއްކުމުގެ މަސައްކަތް މާޗް މަހު ފަށަނީ

ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026 ނިންމާލައިފި

އެމްއޭސީއެލުން ސެކިއުރިޓީ އޮފިސަރުންގެ ތަމްރީނު ކޯހެއް ފަށައިފި

TTH_advertisement