ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ބަރުބަރީ މިސްކިތް އަންނަ ހަފްތާގައި ހުޅުވަނީ

66

ރޯދައާ ދިމާކޮށް، މާލޭގެ ބަރުބަރީ މިސްކިތް އަންނަ ހަފްތާގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ބަރުބަރީ މިސްކިތް މި ފެބްރުއަރީ މަހުގެ 16 ވާ ހޯމަ ދުވަހުގެ އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވާނެކަމަށެވެ. އެގޮތުން، މިއީ 3 ބުރިއަށް ބިނާކުރެވިފައިވާ، އެއްފަހަރާ 1400 މީހުންނަށް ނަމާދުކުރެވޭ ޒަމާނީ މިސްކިތެކެވެ.

މީގެއިތުރުން، މާލޭގެ ޒިކުރާ މިސްކިތާއި ވިލިމާލޭގެ މަސްޖިދުއްސަލާމްގެ ޢަމަލީ މަސައްކަތްވެސް ރަމަޟާން މަހަށްފަހު ފެށިގެންދާނެކަމަށާއި ރަމަޟާން މަސް ކައިރިވެފައި އޮތުމުން މިތަންތަން ތަޅާ ނުލައި، މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައިކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، މާލެ ސަރަޙައްދުގައި ބާ މިސްކިތަކަށް ހުންނާނީ ހެންވޭރު އަފީފުއްދީން މިސްކިތް އެކަނިކަމަށާއި އެތަނަށްވެސް އެހީ ހަމަޖެހިގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. ހަމައެހެންމެ، މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތްވެސް ކުރިއަށްދާކަމަށާއި އަންނަ އަހަރުގެ ރަމަޟާން މަހަށް އެ މިސްކިތްވެސް ނިމޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ އަމާޒަކީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ. ނަމަވެސް ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަންގޮތުގައި ދަމަހައްޓާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަނީ

Image 20

ޝައިޚް މުހައްމަދު އިބްރާހީމަށް އިސްލާމިކް މިނިސްޓްރީން ވަޒީފާ ހަމަޖައްސައިފި

ޙައްޖު ޢުމްރާ ކޮންފަރެންސް: ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނު

ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކޮށްފި

TTH_advertisement