ފަނޑިޔާރުންގެ އަޚްލާގު ހިފަހައްޓަންޖެހޭނީ އާންމު މުޖުތަމައުގެ ތެރޭގައި އެކަނި ނޫން ކަމަށާއި އާންމު މުޖުތަމައުގެ ތެރޭގައި ވެސް ފަނޑިޔާރުންގެ އަޚްލާގު ހިފަހައްޓަންޖެހޭ ކަމަށް ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ރޭ ބޭއްވި ޖަލްސާގައި ހުސްނީ ވިދާޅުވީ ރާއްޖޭގެ ކޯޓުތަކަށް އައްޔަން ކުރާ ފަނޑިޔާރުންނަކީ އުޅުމާއި އަޚްލާޤް ރަނގަޅު, މަޑުމައިތިރި ބައެއް ކަމަށެވެ. ނަމަވެސް މަދުން ނަމަވެސް ބައެއް ކަންކަން ހިނގާތީ އެފަދަ ޝަކުވާތައް އަންނަ ކަމަށް ވިދާޅުވިއެވެ.
“އެ ހަމަތަކާ އެއްގޮތަށް އުޅުމާއި އަޚްލާޤް ނުބެހެއްޓޭ ހާލަތުގައި ފަނޑިޔާރުގެއަށް ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުވާ ހަސްމު އެ މަންޒަރު ފެނުނީމައި އެއާ އަޅުވައި ޝަކުވާ ކޮމިޝަނާ ހަމައަށް ވެސް އާދޭ,” ޙުސްނީ ވިދާޅުވިއެވެ.
އާއްމު ރައްޔިތު މީހާއަށް ވުރެން މަތީ ދަރަޖައެއްގައި ފަނޑިޔާރުންގެ ކިބައިން އުޅުމާއި އަޚްލާޤް ހުންނަން ވާނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް ހުސްނީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު