ކުއްލި ޚަބަރު

އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް

އެމްޑީޕީގެ ސިޔާސަތުތައް ވަނީ ބާވެ މުސްކުޅިވެފައި: ފަލާހު

އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

43

އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހުލޫފް، ޖަޕާނުގެ ޖޭ.އޭ.ޓީ.އެސް ކޯ ލިމިޓެޑްގެ ޑިރެކްޓަރާއި ގްލޯބަލް ޓްރޭޑް ރިސޯސަސްގެ މެނޭޖިންގ ޑިރެކްޓަރާއެކުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޙްލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުކުރެއްވުމަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ މެނޭޖްމަންޓުގެ އެދިވަޑައިގަތުމަކަށް އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި މިހާރަށްވުރެ ބޮޑަށް މާކެޓް ކުރެވޭނެ ގޮތްތަކާގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުކުރެއްވުމެއްކަމަށެވެ.

އެގޮތުން ޖަޕާނުގައި ހިންގާ ‘ވަން ވިލެޖް ވަން ޕްރޮޑަކްޓް’ ފިހާރަތައް މެދުވެރިކޮށް ރާއްޖޭގެ އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ވިއްކޭނެ އަދަދު އިތުރުކުރުމުގެ ފުރުޞަތުތައް ހޯދުމާގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ ސަބަބުން ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް ބައިނަލްއަގުވާމީ ބާޒާރަށް ތައާރަފުވެ، ފުޅާވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އޮތެންޓިކް މޯލްޑިވްސްއަކީ ދިވެހި އަތްތެރި މަސައްކަތްތެރިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ބީސީސީން ހިންގާ ޚާއްސަ އިސްނެގުމެކެވެ. އެގޮތުން ބީސީސީން އަންނަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ދިވެހި އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް އެކިގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮންޓަޕްރިނިއަރޝިފް ފެސްޓިވަލްގައި ރާއްޖޭން ބައިވެރިވެއްޖެ

އެމް.އެސް.އެމް.އީ އެވޯޑްސް ނޮމިނޭޝަންތައް އިއުލާންކޮށްފި

66

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

Saeeed

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ކާމިޔާބު: ސައީދު

TTH_advertisement