ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ތެރަޕީތަކަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރަނީ

ހުރިހާ ބާވަތެއްގެ ތެރަޕީތަކަށް ޚާއްސަ ސްޓޭޓް އޮފް ދި އާރޓް ތެރަޕީ ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

ސިއްޙީ ފަރުވާގައި ތެރަޕީއަކީ މުހިއްމު ޚިދުމަތެކެވެ. މާލެ ސަރަޙައްދުގައި ޚިދުމަތް ލިބޭނެ މަގު މިހާރު ފަހިވެފައިވީނަމަވެސް ޚިދުމަތަށް ބޭނުންވެފައިވާ މީހުންނަށް އެކަށީގެންވާގޮތުގައި ޚިދުމަތްދެވޭނެ ޤާބިލުކަމެއް ސަރުކާރު ހޮސްޕިޓަލްތަލާއި އަމިއްލަ ކްލިނިކް އަދި ހޮސްޕިޓަލްތަކުގައިވެސް ޤާއިމުވެފައެއް ނެތެވެ. އެހެންކަމުން ޚިދުމަތްފުޅާކުރުމަކީ ސިއްޙީ ނިޒާމަށް ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ.

“މި ދާއިރާއިން 250 ދިވެހީން އުފެއްދުމަށްޓަކައި ރާއްޖޭގައި ޑިގްރީ ފެންވަރަށް ތަޢުލީމާއި ތަމްރީން ދިނުމުގެ ކޯސްތަކެއް ހިންގުމަށާއި ދަސްވެނިވާ ފަރާތްތަކާއެކު ހެދޭ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަށް ނެރުމަށްޓަކައި ދިވެހި ތެރަޕިސްޓުން އުފެއްދުމުގެ ޤައުމީ މަޝްރޫޢެއް މި އަހަރު ގެ މާރިޗު މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.” ރައީސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރާއްޖޭގައި ދެމުންދާ ތެރަޕީގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނޭޝަނަލް ދިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ ނަމުގައި ޚާއްސަ ސެންޓަރެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި މިސެންޓަރުން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިސެންޓަރުގެ ޚިދުމަތް އަތޮޅުތަކަށްވެސް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބޭ، ސްޓޭޓް އޮފް ދަ އާރޓް ތެރަޕީ ސެންޓަރެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރު މެދުތެރޭގައި ފަށާނަން. އަދި މި ސެންޓަރުގެ ގޮފިތައް އެހެން ހުރިހާ ސިޓީ ތަކެއްގައި ޤާއިމް ކުރުމުގެ މަސައްކަތްވެސް އެކުއެކީގައި ފެށިގެންދާނެ.” ރައީސް

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ދިނުމަށް ނިންމަވާފައެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިނިންމުން މުރާޖާކުރައްވާ، އެޚަރަދުން ވަކި އިންސައްތައެއް ތެރަޕީ ސެންޓަރުތަކުން ފުރިހަމައަށް ޚިދުމަތްދެވޭނެ ފަދަގޮތަކަށް ހޭދަކުރުމަށް ހަމަޖައްސަވާނެކަމަށެވެ.

ތެރަޕީގެ ޚިދުމަތަށް ބަލާއިރު ރާއްޖޭގައި އިންސާނީ ވަޞީލަތް އެންމެ މަދު އެއްދާއިރާއަށް އެކި ކަހަލަ ތެރަޕީ ހިމެނެއެވެ. އެހެންކަމުން އެކި ބާވަތުގެ ތެރަޕިސްޓުން ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް މިއަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތެރަޕިސްޓުން މަދުވުމުގެ މައްސަލައަށް ޙައްލެއް ގެންނެވުމަށް ސްޕީޗް ތެރަޕިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިޔަރަލް ތެރަޕިސްޓުން އަދި ފިޒިއޮތެރަޕިސްޓުންނާއި ސައިކޯތެރަޕިސްޓުން ހިމެނޭހެން 50 ތެރަޕިސްޓުން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ގެންނެވުމަށް ނިންމަވާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވައިފި

muiz

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް

raees muiz

ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

dr muiz

ރޭޑިއޭޝަން ޗެމްބަރަކާއި ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރަނީ

TTH_advertisement