ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި 72 އަހަރުގެ މީހަކު ހައްޔަރުކޮށްފި

78

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި އެ ސިޓީއަށް ނިސްބަތްވާ އުމުރުން 72 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި ފިރިހެން މީހާ ހައްޔަރުކުރީ ފުވައްމުލަކާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ, ފުވައްމުލައް ސިޓީ / ފުނާޑު. އެލީނާ، އުމުރުން 72 އަހަރުގެ މުޙައްމަދު މޫސާއެވެ.

އެ އޮޕަރޭޝަނުގައި ފުލުހުން މުޙައްމަދު މޫސާ ފުވައްމުލަކުގެ މަގެއް މަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ގަނޑެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 50.35 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ވެސް ފުލުހުން ވަނީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފައެވެ.

އެގޮތުން ފުވައްމުލައް ސިޓީ، މިސްކިތްމަގު, ނިރިހާ، ޙުސައިން ސައިފް ,33, ހުއްޓުވައި ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ދެ މީހުންގެ ތެރެއިން މުޙައްމަދު މޫސާ ފަސް ދުވަހަށް، އަދި ސައިފް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިކަމަށް، ކޯޓާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ހުއިފިލަނޑާތަކެއް ނީލަން ކިޔަން ނިންމީ ޕީޖީގެ ލަފާ ލިބިގެން: ފުލުހުން

police

ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ

ސުނާމީބިނާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ޑްރަގް މައްސަލައެއްގައި ނައިފަރުން ދެމީހަކު ހައްޔަރުކޮށްފި

TTH_advertisement