ކުއްލި ޚަބަރު

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި

ލުއިތަކަކާއެކު ކުދި އިންވެސްޓްމަންޓްތަކަށް އައްޑޫ ހުޅުވާލަނީ

ފުނަދޫ އެއާ ސްޓޭޝަން ހުޅުވައި މި އަހަރު ޚިދުމަތް ދޭން ފަށާނެ: ރައީސް

އައްޑޫ ސިޓީއަކީ ރާއްޖޭގެ އައިޓީ ހަބެއްގެ ގޮތުގައި ތަރައްޤީކުރަނީ

addu

ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމުގެ ގޮތުން، އައްޑޫ ސިޓީއަކީ ރާއްޖޭގެ އައިޓީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މި ނިންމުމުގެ ދަށުން 1 ޖަނަވަރީ 2027 އިން ފެށިގެން އައްޑޫ ސިޓީ، ހުޅުދޫ އަދި މީދޫ ހިމެނޭހެން މުޅި އައްޑޫ އަތޮޅަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ލިބޭނެ ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މީގެ މައިގަނޑު މަޤްޞަދަކީ ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، އައްޑޫ އަތޮޅާއި މުޅި ރާއްޖެއަށް އިޤްތިޞާދީ މަންފާ ހޯދައިދިނުމެވެ.

ވިޔަފާރިވެރިންނަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރު ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ދެއްކުމާއި، ބަނދަރުގައި ޑެމަރޭޖް ފީއާ ނުލައި މުދާ ބެހެއްޓޭ މުއްދަތު 10 ދުވަހަށް އިތުރުކުރުން ހިމެނެއެވެ. އަދި ޑެމަރޭޖް ފީ އާއި ފްރައިޓް ޗާޖް ދިވެހި ރުފިޔާއިން ދެއްކޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން ކެފޭތަކުން ނަގާ ފީތައް 50 އިންސައްތަ ދަށްކުރުމާއި، ބިދޭސީ ކޯޓާ ފީތަކަށް ލުއި ދިނުމާއި، ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ މާލީ ނިޒާމުތައް މެދުވެރިކޮށް ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. އަދި ކުދި ވިޔަފާރިތަކަށް ޚާއްޞަ ބީސީސީ އިމާރާތް މިއަހަރުގެ ނޮވެމްބަރު މަހު ނިމޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަތޮޅުތަކުގައި ޤާއިމުކުރާ ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީގައި ހުޅުވަން ތައްޔާރުވެއްޖެ

އައްޑޫ ލިންކު ރޯޑު ތަރައްޤީކުރަން ސާވޭ ކުރަނީ، 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްޤީކުރާނެ

އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ

addu

ވިއްސާރައިގައި އައްޑޫގެ 4 ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް

TTH_advertisement