ކުއްލި ޚަބަރު

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

778

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ދިމާވެފައިވާ ލޭ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކޮށްގެން “ޕޯޓް ކޮމިއުނިޓީ ބްލަޑް ޑޮނޭޝަން ކޭމްޕް” މިއަދު ފަށައިފިއެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު 11:00 އިން އިރުއޮއްސި 18:30 އަށް ކުރިއަށް ގެންދާ ބްލަޑް ޑޮނޭޝަން ކޭމްޕް ކުރިއަށް ގެންދަނިީ އެމްޕީއެލްގެ މުވައްޒަފުންނާއި، މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ.

އިތުރަށް އެމްޕީއެލް އިން ބުނީ މި ކޭމްޕް ކުރިއަށް ގެންދަނީ އެމްޕީއެލް އާއި އެމްބީއެސް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިތުރުން ލޭ އެޕް ގުޅިގެންކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ ރާއްޖޭގެ ބްލަޑް ބޭންކްގައި ހުރި ލޭ މަދުވެ، އާންމުންގެ އެހީތެރިކަަމަށްވެސް އެމްބީއެސްއިން އެދިފައިވާތީކަން ފާހަގަކުރަމުން އެމްޕީއެލް އިން ބުނީ މި ބްލަޑް ކޭމްޕްގައި އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވެފައިވާކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު މި ކޭމްޕްގައި ބައިވެރިވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ސަރުކާރުގެ އެކި ކުންފުނިތަކުން އަންނަނީ ތެލަސީމިއާ ކުދިންނަށް ދިމާވެފައިވާ ލޭ ލިބުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ލޭ ހަދިޔާކުރުމުގެ ކެމްޕޭންތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލް އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށަނީ

MPL

އެމްޕީއެލް އިން އޯޕަން ސްޓޯރޭޖްގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކޮށްފި

78

ފްރީ ސްޓޯރޭޖަށް ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖް އޭރިޔާ ދޭ މުއްދަތަށް ބަދަލެއް

މެރިޓައިމް ކޮންފަރެންސްގެ އިތުރު ޕާޓްނަރުންނާއެކު ސޮއިކޮށްފި

TTH_advertisement