ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓާގްރޭޓެޑް ނޭޝަނަލް ފަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން 2ގެ ރ. އަތޮޅުގައި އިތުރު ރޫޓެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި އާ ރޫޓްގެ ސަބަބުން ރ. އުނގޫފާރާއި، ރ. ދުވާފަރާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި މި އާ ރޫޓްގެ ހިދުމަތް ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން ޖުމްލަ 25 ފަސިންޖަރުންނާއެކު ދަތުރުކޮށްލެވޭ ފެރީއެއް މި ރޫޓް އަށް ހަމަޖެހިފައިވާއިރު މި ފެރީގެ 2 ސީޓު (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަޜާތް ތަކަށް ވަނީ ހާއްސަކޮށްފައެވެ.
މި ރޫޓްގެ ދަތުރުތައް ހުކުރު ދުވަސް ފިޔަވާ ހަފްތާއަކު 6 ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން 1650 އިން ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު