ކުއްލި ޚަބަރު

ނައިފަރު ގުރުއާން ހިތުދަސްކުރާ މަރުކަޒު ހުޅުވައިފި

ޕެންޝަން އޮފީހުގެ ބަސް: 2.4 ބިލިޔަން ރުފިޔާގެ ބޮންޑު އިންވެސްޓްކުރުމަށް ނިންމާފައިވަނީ އެއްވެސް ގެއްލުން ނުވާނެ ގޮތަށް

ކުޑަކުއްޖަކު ލައްވައި ކުށްކުރުވި ދެ މީހަކު ހައްޔަރުކޮށްފި

އެޕްސްޓީންއާ ބައްދަލުކުރެއްވީ ތުހުމަތުތަައްކޮށް ހައްޔަރުކުރިކަން އެނގިވަޑައިނުގަންނަވާތީ: ރައީސް ވަހީދު

66

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ އެކު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގުޅުން ބޭއްވެވީ، 2008 ގައި އެޕްސްޓީން އަށް އެ ތުހުމަތުތަައްކޮށް ހައްޔަރުކުރިކަން އެނގިވަޑައިނުގަންނަވާތީ ކަމަށް އެ މަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.

އެ މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ރައީސް ވަހީދު މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ ގަމާން މިއަދު އިސްތިއުފާ ދެއްވާފަ އެވެ.

އިސްތިއުފާއަށްފަހު ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މަނިކުފާނު އެޕްސްޓީންއާ އެކު ބޭއްވެވި އެއްވެސް ބައްދަލުވުމަކީ  އިޖުތިމާއީ ބައްދަލުމެއް ނޫން ކަމަށެވެ. އަދި އޭނައާއެކު ނުރަސްމީ ބައްދަލުވުމެއް ނުބާއްވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ބައްދަލުވުންތަކަކީ މަގާމުގެ ހައިސިއްޔަތުން، އެހެން އޮފިޝަލުންނާ ވެސް އެކުގައި ބޭއްވެވި ރަސްމީ ބައްދަލުވުންތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެޕްސްޓީންއާ ބައްދަލުކުރެއްވީ ރާއްޖެ އަށް ވަރަށް ބޮޑަށް އެހީ ބޭނުންވެފައިވާ ވަގުތެއްގައި މާލީ އަދި ބަޖެޓަރީ  ބޭނުންތަކަށް ލަފާ  ބޭނުންވެފައި އޮތް ވަގުތެއްގައި ނުފޫޒު ގަދަ އަދި އިހުތިރާމް ލިބިގެންވާ ސިޔާސީ ބައެއް ލީޑަަރުންގެ ލަފާގެ މަތިން ކަމަށް ވެސް ރައީސް ވަހީދުގެ އޮފީހުން ބުންޏެވެ.

ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ލީޑަރުންގެ ލަފާގެ މަތިން އެޕްސްޓީންއާ ބައްދަލުކުރެއްވީ ނިއުޔޯކްގެ އެންމެ ނުފޫޒު ގަދަ އެއް ފަންޑް މެނޭޖަރު އަދި ފައިނޭންޝަލް އެޑްވައިޒަރުގެ ހައިސިއްޔަތުން ކަމަށެވެ.

” …އެޕްސްޓީންއަށް 2008 ގައި ކުރި ތުހުމަތުތަކާއި އެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރިކަން ރައީސް ވަހީދަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެހެންވީމާ އޭނާގެ މައްޗަށް 2008 ގައި ކުރި ދައުވާތައް ކުރީ ކިހާވަރެއްގެ ޖަރީމާތަކަކާ ގުޅިގެން ކަން އެނގިވަޑައެއް ނުގަންނަވަ އެވެ،”

އެކަން އެނގިވަޑައިގެންނެވި ނަަމަ އެ ބައްދަލުވުމުގެ ފަހުން ގުޅުން އިތުރަށް ކުރިއަށް ނުދާނެކަން ކަަށަަވަރު ކުރެއްވީސް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން، ނިއުޔޯކްގައި ހުންނަ އެޕްސްޓީންގެ ގޭގައި ވަހީދު، އޭނާއާ ބައްދަލުކުރެއްވީ ދެފަހަރު އެވެ. ފުރަތަމަ ފަހަރަކީ ސެޕްޓެމްބަރު 23، 2012 ގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅަކަށް، އެހެން ބައެއް ސިޔާސީ ބޭފުޅުންނާ ވެސް އެކުގައި ވަޑައިގެންނެވި ފަހަރެވެ.

ދެވަނަ ފަހަރަކީ މެއި 18، 2014 ގައި ބޭއްވެވި ކުރު ބައްދަލުވުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެ ފަހަރު އަރިހުގައި ވަޑައިގެންނެވީ ދަރިކަލުން ޖެފްރީ ސާލިމް ވަހީދެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

A Ali
މުޅި ގައުމަށް ހުތުރު އަރުވާ މިފަދަ މީހުންނަށް އަދަބުވެސް ލިބެންޖެހެއެވެ. ގާނޫނެއް ނެތިއްޔާ ގާނޫނެއް ހަދައިގެންވިޔަސް ހެވެއެވެ. ލަދުން ބޯހަލާކުވެއްޖެއެވެ.

ގުޅުންހުރި

434079 fc02b6bc c

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރުމަށް ރައީސް ވަހީދު ގޮވާލައްވައިފި

402975 06ac96af f

ލޯނުތައް ނަގައިގެން ރައްޔިތުންނަށް ފައިދާތައް ކުރި، ދަރަނި ދެއްކުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެ: ރައީސް ވަހީދު

402984 e6c8cd2e 9

ބުރިޖުގެ މަސައްކަތް ފުރިހަމަވީ ރައީސް މުއިއްޒުގެ މަސައްކަތްޕުޅުން: ރައީސް ވަހީދު

TTH_advertisement