ކުއްލި ޚަބަރު

ނައިފަރު ގުރުއާން ހިތުދަސްކުރާ މަރުކަޒު ހުޅުވައިފި

ޕެންޝަން އޮފީހުގެ ބަސް: 2.4 ބިލިޔަން ރުފިޔާގެ ބޮންޑު އިންވެސްޓްކުރުމުން އެއްވެސް ގެއްލުން ނުވާނެ

ކުޑަކުއްޖަކު ލައްވައި ކުށްކުރުވި ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް އެއްބަސްވުމުގައި ސޮއިކުރަން ހުޅުވާލައިފި

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުން ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ބަލައިގަތުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭންއަށް ރިޢާޔަތްކޮށް އެ ތަނުން ގޯތި ލިބުނު ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރު ކަނޑައަޅަން ގުރުއަތު ނަގާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކާއި އެ ތަންތަނުގެ ބޮޑުމިން:

1650 އަކަފޫޓުގެ 181 ގޯތި
2050 އަކަފޫޓުގެ 242 ގޯތި
2450 އަކަފޫޓުގެ 132 ގޯތި
2850 އަކަފޫޓުގެ 62 ގޯތި
3250 އަކަފޫޓުގެ 41 ގޯތި
3650އަކަފޫޓުގެ 16 ގޯތި
4000 އަކަފޫޓުގެ 24 ގޯތި
ހުލުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރެއެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގުޅީފަޅުން ދޫކޮށްފައިވާ ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކަށް އައު އެއްބަސްވުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މުއްދަތު 15 މާރިޗުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ހުޅުވާލާފައިވަނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށެވެ. އެޕޮއިންޓްމަންޓަށް އެދި ހުށައަޅާ ފަރާތްތަކަށް “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރިއްޔާއިން ބަންޑާރަ ގޯތީގެ ރަޖިސްޓަރީއާއި ބަންޑާރަ ގޯތީގެ އެއްބަސްވުމާއި ހަވާލުވުމަށް ހާޒިރުވާންޖެހޭ ގަޑިއާއި ތަން އަންގާނެއެވެ.

ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ގޯތި ދޫކުރާ ސަރަހައްދުގެ ބިން މި ސަރުކާރުން މިހާރު ހިއްކާ ނިންމާފައިވާއިރު، ރައީސް މުއިއްޒުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ވަނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލެ 3ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މުޅިން ނިމެނީ

ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި

ތިންވަނަ ފިޔަވަހި ބާރަށް ކުރިއަށް، މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކިފައިވޭ

ހަލުވި ސްޕީޑުގައި ހުޅުމާލެ ތިންވަނަ ފިޔަވަހިން 30 ހެކްޓަރުގެ ބިން ހިއްކައިފި

TTH_advertisement