ކުއްލި ޚަބަރު

ފަރުވާ ދެމުން ދަނިކޮށް، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފަރުވާ ދެމުން ދަނިކޮށް، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

Hulhumale jail prison jalu

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން، ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ގައިދީއަކު ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ދަފްތަރު ނަންބަރު 439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުޙެއިލް އެވެ.

ކަރެކްޝަންސް އިން ހާމަކޮށްފައިވާ ގޮތުގައި، ސުޙެއިލް ނިޔާވީ އޭނާގެ ސިއްޙީ ހާލަތު ގޯސްވުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަތާ ހަފްތާއެއްހާ ދުވަސް ވެފައި ވަނިކޮށެވެ. އޭނާ ނިޔާވީ ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، މިއަދު ހެނދުނު 9:05 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން، ސުޙެއިލްއަކީ 2025 ވަނަ އަހަރު ސްޓްރޯކެއް ޖެހި، އެކަމަށްވެސް ދާއިމީކޮށް ފަރުވާ ހޯދަމުން އައި މީހެއްކަން ކަރެކްޝަންސް އިން ފާހަގަކުރެއެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތެއް ނިޔާވުމާ ގުޅިގެން އަމަލުކުރަން ޖެހޭ އިޖުރާއަތްތަކުގެ މަތިން، ސުޙެއިލް ނިޔާވިކަން ވަގުތުން ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގާފައެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، އޭނާގެ އާއިލާގެ އިތުރުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު މި ޚަބަރު ހިއްސާކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ރައީސް ހުޅުވައިދެއްވައިފި

މާފުށީ ޖަލުގައި ތިބި ޤައިދީންނަށް ހިންގި ސެޓްފިކެޓް ލެވެލް ކޯސްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ޤައިދީންނަށް ޤުރްޢާން އުނގަންނާދިނުމާ ގުޅޭ ފަހުމްނާމާއެއްގައި ސޮއިކޮށްފި

TTH_advertisement